ކީ ސްޓޭޖު 3 ނިންމާ ދަރިވަރުންނަށް ނާލޯ އެސެސްމެންޓު ދެނީ

307997333_589091419673423_7111950351309641432_n.jpg

ކީސްޓޭޖް ތިނެއް (ގްރޭޑް 10،11،12 ) ނިންމާ ދަރިވަރުންނަށް ނެޝަނަލް އެސެސްމެންޓް ފޯ ލަރނިންގ އައުޓްކަމްސް (ނާލޯ)، މިއަހަރުން ފެށިގެން މުޅިން އަލަށް، ދިނުމަށް ނިންމައިފިއެވެ.

މި ދިރާސީ އަހަރުގެ ފުރަތަމަ ޓާމުގައި ހިސާބު، އިނގިރޭސި އަދި ސައިންސް މާއްދާއިން މިއެސެސްމެންޓް ދިނުމަށް ނިންމާފައި ވުމާއެކު މި މާއްދާތަކުގެ އިމްތިހާނުތައް އޮންނާނީ އޭޕްރީލް 27 އިން 29 އަށެވެ.

ދިވެހި، އިސްލާމް ގެ އެސެސްމެންޓް ދިނުމަށް ނިންމާފައިވަނީ ދެވަނަ ޓާމުގައެވެ. މި މާއްދާތަކުގެ އިމްތިހާން އޮންނާނީ ސެޕްޓެމްބަރު 2 އިން 3 އަށެވެ.

މިއީ އިސްލާމް މާއްދާއިން ނާލޯ ފަދަ އެސެސްމެންޓެއް ދެވޭ ފުރަތަމަ ފަހަރު ވެސް މެއެވެ.

ނާލޯ އަކީ ރާއްޖޭގެ ތައުލީމީ ނިޒާމުގެ ހާލަތާއި، ސްކޫލުތަކުގައި ތަންފީޒުކުރަމުން އަންނަ ގައުމީ މަންހަޖުގައި ހުރި ރަނގަޅު ކަންކަމާއި، ރަނގަޅު ކުރަންޖެހޭ ކަންކަން ދެނެގަނެ، ދަރިވަރުންނަށް ފޯރުކޮށްދެވޭ ތައުލީމުގެ ފެންވަރު މަތިކުރުމަށްޓަކައި ސިލްސިލާކޮށް ކުރިއަށްގެންދާ އެސެސްމެންޓެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top