ދުންފަތް މަނާކުރާ އުމުރާމެދު މިއަދު ގޮތެއް ނިންމަނީ

big_FgzF2d9B50Pn6wyAQxb4gVD6m.jpg

ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުކުރުމަށް ”ޖެނެރޭޝަނަލް ބޭން“ ނުވަތަ ދުންފަތުގެ އިސްތިޢުމާލު ކުރުން މަނާ ކުރާ އުމުރުފުރާ ކަނޑައެޅުމާމެދު މިއަދު ގޮތެއް ނިންމަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިދިޔަ މަހުގެ 27 ވަނަ ދުވަހު ޖެނެރޭޝަން ބޭންގެ ސިޔާސަތު ރައީސް މުއިއްޒު އިއުލާންކުރެއްވި އިރު އެމަނިކުފާނު ފަހުން ވިދާޅުވީ އާންމުންނާއި ކަމާ ބެހޭ ފަރާތްތަކުގެ މަޝްވަރާއާއެކު ޖެނެރޭޝަން ބޭން ތަންފީޒުކުރާނެ އުމުރު ފަހުން ކަނޑައަޅުއްވާނެ ކަމަށެވެ. ރައީސް ވިދާޅުވީ ވިސްނުން ހުރީ 2000، 2004 ނުވަތަ 2007ވަނަ އަހަރުގެ ފަހުން އުފަންވެފައިވާ ފަރާތްތަކަށް ދުންފަތް މަނާކުރުން ކަމަށެވެ.

ރައީސް އޮފީހުން މިއަދު އެކްސްގައި އާންމުކުރި ވީޑިއޯއެއްގައި ވިދާޅުވީ ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތައް ފެތުރުމާއި ނުކުޅެދުންތެރިކަމަށް ހުށަހެޅޭ އެންމެ ބޮޑު ސަބަބަކީ ދުންފަތުގެ އިސްތިއުމާލުކުރުން ކަމަށް މޯލްޑިވްސް ހެލްތު ސްޓެޓިސްޓިކްސް 2022 ސާވޭ އިން ދައްކާ ކަމަށެވެ.

ރައީސް ވިދާޅުވީ ބަލިތަކާއި ގުޅިގެން ރާއްޖޭގައި މަރުވާ މީހުންގެ 84 އިންސައްތައަކީ ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ޖެހޭ ގައިންގަޔަށް ނާރާ ބަލިތަކުގައި މަރުވާ މީހުން ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގައި ހެދިފައިވާ އެހެން ސާވޭއަކުން 15 އަހަރާއި 29 އަހަރާއި ދެމެދުގެ މީހުންގެ ތެރެއިން 21.8 ޕަސެންޓް މީހުން ދުންފަތުގެ އިސްތިއުމާލުކުރާ ކަމަށް ދައްކާ ކަމަށާއި ދުނިޔޭގެ ފެންވަރުގައި ހެދިފައިވާ ސާވޭތަކުން މުޅި ދުނިޔޭގައި ސްކޫލު އުމުރުފުރާގެ ކުދިންގެ ތެރެއިން 45 އިންސައްތަ ކުދިން ދުންފަތް ނުވަތަ ނިކޮޓިން ބޭނުންކުރާ ކަމަށް ދައްކާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

”މިއަދުގެ ކެބިނެޓްގައި މި ހުރިހާ ކަމެއްގެ އަލީގައި މަޝްވަރާކޮށް އިރާދަކުރެއްވިއްޔާ ރައްޔިތުންގެ ސިއްހަތު ސަލާމަތްކުރުމަށްޓަކައި ޖީލު ސަލާމަތްކުރުމަށްޓަކައި އަޅުގަނޑުމެންގެ މި ކުޑަކުޑަ މުޖުތަމައަކީ ދުންފަތުގެ އިސްތިއުމާލު ކުރުމުން ޖެހޭ ބަލިތައް ނުޖެހޭ ބަޔަކަށް ހެދުމަށްޓަކައި މަޝްވަރާކޮށް ގޮތެއް ނިންމާނަން.“ ރައީސް ވިދާޅުވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top