ސީޕްލޭން ދަތުރުތަކަށް ފުޅަދޫ ތައްޔާރުވަނީ

original_1743406542129.jpeg

މޯލްޑިވިއަންގެ ސީޕްލޭނެއް.. ފޮޓޯ: ޕްލޭން ސްޕޮޓެރިން

ގައުމީ އެއާލައިން، މޯލްޑިވިއަން ގެ ސީޕްލޭން ދަތުރުތަކަށް ބ. ފުޅަދޫ ތައްޔާރުވަމުން އއަންނަކަމަށް ފުޅަދޫ ކައުންސިލުން ބުނެފި އެވެ.

މޯލްޑިވިއަނުން ވަނީ ކުރިން އިއުލާންކޮށް މިއަހަރުގެ އީދު ޗުއްޓީ ބަންދާ ދިމާކޮށް ފުޅަދުއަށް ސީޕްލޭންގެ ދަތުރުތައް ބާއްވަން ފަށާފައެވެ.  މި ދަތުރުތަކުގެ ތަރުހީބު ބޮޑުކަމަށް މޯލްޑިވިއަނުން ބުނެއެވެ.

ލިބުނު ތަރުހީބަށް ބަލާފައި މޯލްޑިވިއަނުން ވަނީ އީދު ބަންދަށްފަހުވެސް އެ ހިސާބަށް ދަތުރުތައް ބޭއްވުމަށް ނިންމާފައެވެ.

ފުޅަދޫ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ވަނީ، އެރަށަށް ސީޕްލޭން ދަތުރުތައް ފެށުމަށް ތައްޔާރުވުމުގެ ގޮތުން ދަތުރުތަކުގައި ބޭނުންކުރާނެ ފަސިންޖަރުންނާއި ދާގީނާތައް އުފުލުމަށް ކަނޑު އުޅަނދެއް ހޯދުމަށް އިއުލާނުކޮށްފައެވެ. އެ އުޅަނދު ބޭނުންކުރަނީ، ސީޕްލޭން ޕްލެޓްފޯމާއި ފުޅަދުއާ ދެމެދު ދަތުރުތައް ކުރުމަށެވެ. އެއީ ފަސިންޖަރުންނާއި ދާގީނާތައް އުފުލުމަށެވެ.

ފުޅަދޫ ކައުންސިލުން ބުނީ، އެ އުޅަނދު ވާންޖެހޭނީ 10 ފަސެންޖަރުންގެ އިތުރުން އެމީހުންގެ ދާގީނާތައް އުފުލޭވަރުގެ އުޅަނދަކަށް ކަމަށެވެ. އަދި ވާރޭ ވެހޭ ދުވަހެއްނަމަ، ފަސެންޖަރުންނާއި ދާގީނާތައް ހިޔާވާން ޖެހެއެވެ.

އެ އުޅަނދުގެ ދަތުރުތައް ކުރާނީ ހަމައެކަނި ދުވާލު ގަޑީގައެވެ. އުޅަނދު ފޯރުކޮށްދިނުމަށް އެދޭ ފަރާތްތަކުން އެކަމަށް ހުށަހަޅަންޖެހޭ އެންމެފަހު ތާރީހަކީ އަންނަ އޭޕްރިލްމަހުގެ 6 ވަނަ ދުވަހެވެ.

ފުޅަދުއަކީ ލޯކަލް ޓޫރިޒަމް ވަރަށްބޮޑަށް ކުރިއަރަމުން އަންނަ ރަށެކެވެ. ފުޅަދުއަށް އަންނަ ލޯންޗުތަކުގައި މިހާރުވެސް ގިނަ އަދަދެއްގެ ފަތުރުވެރިން އެރަށަށް ޒިޔާރަތްކުރެއެވެ. ފުޅަދުއަށް މޯލްޑިވިއަންގެ ދަތުރުތައް ފެށުމަކީ އެ އެއާލައިނަށް ވިޔަފާރީގެ ގޮތުންވެސް ވަރަށްބޮޑެތި ފައިދާތަކެއް ލިބިގެންދާނޭ ކަމެއްކަމަށް ބައެއް ފަރާތްތަކުން ފާހަގަކުރެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top