އެންމެންނަށް ރީތި މަސްޖިދު މުހައްމަދު އަލީ ވަގުތީ ގޮތުން ހުޅުވައިފި

413465_3_44477257ca66ef508da75e406e8890fda58936db_large.jpeg

އޭދަފުށީ ޑޭޒީވިލާ މުހައްމަދު އަލީ އެ ރަށުގައި ބިނާކޮށްދެއްވި ރީތި މިސްކިތް: މި މިސްކިތް މިއަދުގެ މަޣުރިބު ނަމާދާ އެކު، ވަނީ ބޭނުންކުރަން ފަށާފައި.---ފޮޓޯ: ނިޝާން އަލީ| މިހާރު

އެންމެންނަށް ރީތިވި އޭދަފުށީ މަސްޖިދު މުހައްމަދު އަލީ އިއްޔެ މަޣުރިބު ނަމާދު ވަގުތާ ދިމާކޮށް ވަގުތީ ގޮތުން ހުޅުވައި މިސްކިތުގެ ބޭނުން ކުރަން ފަށައިފި އެވެ.

މި މިސްކިތް ޚާއްސަ ރަސްމިއްޔާތަކާ އެކު ލަސްނޫން މުއްދަތެއްގައި ހުޅުވާނެ ކަމަށް އާއިލާއިން މައުލޫމާތު ދެއްވި އެވެ.

ދެބުރިއަށް އިމާރާތް ކޮށްފައިވާ 1200 މީހުންގެ ޖާގައިގެ މި މިސްކިތް ހުޅުއްވައިދެއްވީ މިސްކިތުގެ ބާނީ މުހައްމަދު އަލީ އާއި ވިލާ ކޮލެޖްގެ ރެކްޓަރ، ޑރ. އަހްމަދު އަންވަރު އެވެ. ޑރ އަންވަރަކީ އޭދަފުއްޓާއި ވަރަށް ގާތް ގުޅުމެއް ބާއްވަމުން އަންނަ ޚާއްސަކޮށް މުހައްމަދު އަލީގެ އާއިލާ އާއި ގާތްގުޅުމެއް އޮންނަ ބޭފުޅެކެވެ. މިމިސްކިތުގެބިންގާ މީގެހަތަރުއަހަރުކުރިން އަޅައިދެއްވީވެސް ޑރ.އަންވަރެވެ.

ޑރ. އަންވަރުގެ ވާހަކަފުޅުގައި މިފަދަ ރީތި މިސްކިތެއް އޭދަފުށީގައި މުހައްމދު އަލީގެ އާއިލާ އިން ބިނާ ކުރުމަކީ އޭދަފުށީގެ ރީތިކަމަށްވެސް ލިބުނު އިތުރު ފުރިހަމަކަމެއް ކަމަށާއި އެކަމަށްޓަކާ އެއާއިލާގެ އެންމެހައި ބޭފުޅުންނަށް ޝުކުރު އަދާކުރެއްވި އެވެ. ހަމަ އެހެންމެ މިމަސައްކަތުގައި މުހައްމަދު އަލީގެ 13 ބޭފުޅުންގެ ތެރެއިން މުބާހު ރަފީއު އާއި ޔާސީން ރަފީއުގެ ނަން ޑރ. އަންވަރު ފާހަގަކުރެއްވީ އެބޭފުޅުންގެ މި ޚިދުމަތްތެރި މަސައްކަތަށް ސާބަސް ދެއްވައި މިސްކިތުގެ ފުރިހަމަކަމަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވަމުންނެވެ.

ފޮޓޯ: ނިޝާން އަލީ \ މިހާރު

”މިއީ ރާއްޖޭގައި “މިއަދުގެ ތާރީޚާއި ހަމައަށް ބިނާކުރެވިފައިވާ އެންމެ ފުރިހަމަ ރީތި މިސްކިތް. އަދި މި މިސްކިތަކީ ދުނިޔޭގެ މިސްކިތްތަކުން އަޅުގަނޑުމެންނަށް ފެންނަ ފަންނުވެރިކަމާއި ފަރުމާތައް ފެންނަ ވަރަށް ހިތްގައިމު މިސްކިތެއް“ޑރ. އަންވަރު ވިދާޅުވި އެވެ.

މިސްކިތް ވަގުތީގޮތުން ހުޅުވުމުގެ ރަސްމިއްޔާތަށް އޭދަފުށީގެ ހުރިހާ އެންމެންނަށް ދައުވަތު ދީފައި ވުމާއެކު ގިނަ ބަޔަކު ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެފައެވެ.

”މުހައްމަދު އަލީ އޭދަފުށީގައި ބިނާކޮށްދެއްވި މި މިސްކިތް އެއިން އެއްވެސް ކަމަކާ އަޅައެއް ނުކިޔޭނެ އެވެ. ދީނީ ގޮތުން ކުރެއްވީ މަތިވެރި މަސައްކަތެކެވެ. މުޅި ރާއްޖެ މިއަދު ދައްކަނީ މި މިސްކިތުގެ ވާހަކައެވެ. އޭދަފުށީގެ ލޭންޑްމާކަކަށް އެ މިސްކިތް ވެއްޖެ އެވެ. އެތައް ޖީލެއްގެ މީހުން މި ވާހަކަ ދައްކާނެ އެވެ. އެ ބިނާ އެތައް ހާސް ބަޔަކަށް ފެންނަން ހުންނާނެ އެވެ.“ މިސްކިތުގެ ފުރިހަމަކަމަށް ތައުރީފު ކުރަމުން ”މިހާރު “ނޫހުގައި ލިޔެފައި ވެއެވެ.

މުހައްމަދު އަލީގެ ފަރާތުން އޭދަފުށީ ރައްޔިތުންނަށް މިފަދަ ރީތި މިސްކިތެއް ހަދިޔާ ކުރައްވާއިރު އޭނާގެ އުމުރުގެ ބޮޑުބައި ހޭދަކުރައްވާފައިވަނީ އެެހެން މީހުންނަށް އެހީތެރިވުމާއި މީހުންގެ ބޭނުންތައް ފުއްދައި ދިނުމަށެވެ. އޭނާގެ ފަރާތުން މިހާރުވެސް ފެންނަ އެންމެ ރީތި ސިފައަކީ ބޭނުން ޖެހިފައިވާ މީހުންނަށް އެހީވުން ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ. ހަމައެހެންމެ މިއަދު އޭދަފުށި މިދެކޭ ތަރައްގީއާއި ކުރިއެރުމަށްވެސް އޭނާވަނީ ގިނަ ޚިދުމަތްތަކެއް ކުރައްވާފަ އެވެ. އެގޮތުން އޭދަފުށީގައި ފުރަތަމަ އުފެދުނު ބސމދ ޖަމިއްޔާގެ ރައީސްކަމާއި އިޖްތިމާއި އެހެން ދާއިރާތަކުގައިވެސް އެއީ ފާހަގަކޮށްލެވޭ ޝަޚްސިއްޔަތެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top