ހެނދުނުގެ ނާސްތާ އަކީ ހަށިގަނޑަށް އެންމެ ރަނގަޅު ކާނާ ކާން ޖެހޭ ވަގުތެވެ. ހަމަ މިއާއެކު ވިސްނަން ޖެހޭ އަނެއް ކަމަކީ ހެނދުނުގެ މިނާސްތާ އަކީ ދުވާލުގެ ފުރަތަމަ ބައި ނުވަތަ މެންދުރު ކުރި ހަށިގަނޑު ހިންގުމަށް ބޭނުންވާނެ މުހިންމު ބައިތައް އެކުލެވިގެންވާ ސިއްހީ ކާނާ އަކަށް ވާންޖެހޭ ކަމެވެ. އެހެންނަމަވެސް އަހަރެމެންނަށް އެނގިގެން ނުވަތަ ނޭގިގެން ނަމަވެސް ހެނދުނުގެ ނާސްތާގައި ބޭނުން ކުރަނީ ރަނގަޅު އެއްޗެތިތޯ ބަލައިލަން ހިނގާށެވެ.
ހެނދުނު ގެ ނާސްތާގައި ބޭނުން ކޮށްގެން ނުވާނެ ކާނާ.
ސޮސެޖް އަދި ހަމް: ކެންސަރާއި ބެހޭ ރިސާޗްތައް ބުނާގޮތުގައި މިބާވަތުގެ، ތައްޔާރުކޮށްފައި ހުންނަ ނުވަތަ އަހަރުމެން މި ކިޔާ ރެޑީމޭޑް މަސް ބޭނުން ކުރުމުން ކެންސަރު ޖެހުމަށް މަގު ފަހި ކޮށްދެއެވެ. ވީމާ ވީވަރަކުން މި ކަހަލަ ކާނާ ކެއުން ޚާއްޞަ ކޮށް ހެނދުނުގެ ސައިގައި ބޭނުން ކުރުން މަދު ކުރުމަށް ލަފާ ދީފައި ވެއެވެ. މީގެ ބަދަލުގައި ތަފާތު އެހެން ގޮތަކަށް ހެނދުނުގެ ސައި ބުއިން އާދަ ކުރާށެވެ.
ހަކުރު އެކުލެވިގެންވާ ސީރިއަލް.
ބައެއް ވައްތަރުގެ ސީރިއަލް ގައި އަނގައަށް މީރު ކޮށްލުމުގެ ގޮތުން ހަކުރު އެއްކޮށްފައި ހުރެއެވެ. މިފަދަ ހަކުރަކީ ހެނދުނުގެ ނާސްތާގައި ހިމެނުން ރަނގަޅު ނޫން އެއްޗެކެވެ. އެންމެ ރަނގަޅު ގޮތަކީ މި ބާވަތުގެ ސީރިއަލް ގެ ބަދަލުގައި ހަކުރު އެކުލެވިގެން ނުވާ ފައިބަރ އާއި ޕްރޮޓީން އެކުލެވިގެންވާ ސީރިއަލް އެއް ބޭނުން ކުރުމެވެ. ވޯލްނަޓަކީ މިގޮތުން ބަލާއިރު އެއާ ވާދަ ނުކުރެވޭނެ ދެވަނަ އެއްޗެއް ނެތް ވަރުގެ މޮޅު ކާނާ އެކެވެ.
ޕޭން ކޭކް (ފޮނި ފޮޅި)
ބާޒާރުގައި ވަރަށް ގިނަ ވައްތަރުގެ މެޕްލް ސިރަޕް ވިއްކަން ހުރެއެވެ. ޕޭން ކޭކު ގައި އާއްމު ކޮސް މި ސިރަޕް ބޭނުން ކުރިއަސް އަދި މެޕްލް ސިރަޕް އަކީ ރަނގަޅު އެއްޗެއް ނަމަވެސް ކޮންމެ މެޕްލް ސިރަޕް އަކީ އަސްލެއް ނޫނެވެ. އޭގެ އިތުރުން މި ފޮޅީގައި ފުދޭ ވަރަށް ވުރެ އިތުރަށް ވެސް ހަކުރު ބޭނުން ކޮށްފައި ހުރުމާއެކު ޕޭން ކޭކު ނުވަތަ މި ވައްތަރުގެ ފޮޅިއަކީ ވެސް ހެނދުނުގެ ސަޔަށް ބޭނުން ކުރުން ރަނގަޅު އެއްޗެއް ނޫނެވެ.
ޕޭސްޓްރީ އާއި ޑޯނަޓްގެ ވައްތަރު ތައް.
ހަކުރާއި އާދައިގެ ފުށް މައިގަނޑު ގޮތެއްގައި ބޭނުންކޮށްގެން ހަދާފައި ހުންނަ މި ތަކެތީގައި ވެސް ގިނަ އަދަދަކަށް ހަކުރު އެކުލެވިގެން ވެއެވެ. ހަކުރަކީ ހެނދުނުގެ ސައިގައި ވަރަށް މަދުންނޫނީ ބޭނުން ކޮށްގެން ނުވާނެ އެއްޗެކެވެ. ސަބަބަކީ މި ގަޑީގައި ހަކުރު ބޭނުންކުރާނަމަ ލޭ ގައި ހަކުރު އެކުލެވޭ މިންވަރު އިތުރު ވާތީއެވެ. ގިނަ ސިއްހީ އިރުޝާދު ދޭމީހުން ގަބޫލު ކުރާ ގޮތުގައި ހަކުރާ ކެންސަރަކީ ވަރަށް ބޮޑަށް ގުޅިފައިވާ ދެ ބައްޔެވެ.
ސޭންޑްވިޗް.
އާދައިގެ ސޭންޑްވިޗްގައި ގިނަ އަދަދަކަށް ލޮނު ހުންނަކަން ވިސްނާލީމާ އެގޭނެ އެވެ. މިގަޑީގައި ލޮނު ވީހާ ބޮޑަކަށް މަދުކުރަންވާނެއެވެ. އެންމެ ރަނގަޅު ގޮތަކީ އާޓާ ފުށުގެ ޕާން ޓޯސްޓް ކޮށްގެން ބިހާ ތަރުކާރީ އެއްކޮށްގެން ބޭނުން ކުރުމެވެ. މިއާއެކު ލޯފެޓްޔޯގަޓް އަކީ ވަރަށް ބޭނުންތެރި އެއްޗެކެވެ.