ގޯލްޑް ކަޕްގައި އޭދަފުށި، މާލެ، ތިމަރަފުށި އެއް ގްރޫޕަކަށް

IMG-20241116-WA0004-1.jpg

މުޅިރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ގޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް 2024 ގައި އޭދަފުއްޓާއި މާލެ އާއި ތިމަރަފުށި އެއް ގްރޫޕެއްގައި ހިމެނިއްޖެ އެވެ.

17 ޓީމު ވާދަކުރާ މި މުބާރާތުގެ ގުރު ނެގުމުގެ ރަސްމިއްޔާތު އޮތީ މިރޭ ސިޓްރަން ގައެވެ.

އޭދަފުށި ހިމެނުނީ ގްރޫޕް ބީގަ އެވެ. އެ ގްރޫޕުގައި ދެން ހިމެނުނީ މާލެ ސިޓީ އާއި ތ. ތިމަރަފުށި އަދި ބ. ތުޅާދޫ އެވެ.

ގޯލްޑް ކަޕް މުބާރާތް ފަށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 20 ވަނަ ދުވަހު އެވެ. ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހު އެވެ.

މި މުބާރާތުގައި ކުޅެވޭނީ އެރަށަކަށް ނިސްބަތްވާ ކުޅުންތެރިންނަށެވެ. އެކަމަކު ރަށުން ބޭރުން ދެ ކުޅުންތެރިއަކު ހިމެނުމުގެ  ފުރުސަތު ކޮންމެ ޓީމަކަށް ވެސް ލިބުނެވެ. އެހެންވެ ބައެއް ރަށްރަށުން ބިދޭސީ ކުޅުންތެރިންނާއި ރާއްޖޭގެ މަޝްހޫރު ކުޅުންތެރިން ޓީމްތަކަށް ގެނައުމުގެ މަސައްކަތް ކުރިއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top