ދުވަސްވީ މީހުންގެ އަތުން ފޭރޭ މައްސަލަ އިތުރުވެއްޖެ

7hoZRRaApwVH5z8shV0q.jpg

އުމުރުން ދުވަސްވީ މީހުން އަތުން ފޭރޭ މައްސަލަތައް މިދުވަސްވަރު އިތުރުވަމުން އަންނަކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.

ފުލުހުންގެ ހިދުމަތުން ބުނީ އުމުރުން ދުވަސްވީ މީހަކާ ދިމާވުމުން، ދަންނަ މީހެއްގެ ގޮތުގައި ތައާރަފުވެ، ދުވަސްވީ މީހުންގެ އިތުބާރު ހޯދުމަށްފަހު އެކި ތަންތަނަށް ގެންގޮސް، ދުވަސްވީ މީހުންގެ އަތުން ފޭރުމުގެ މައްސަލަތައް ފުލުހުންގެ ޚިދުމަތަށް ހުށަހަޅަމުން އަންނަ ކަމަށެވެ.

މިފަދަ އަމަލުތަކާއި ކުށްތަކަށް އަރައިގަންނަ ފަރާތްތަކާމެދު ސަމާލުވުމަށް، އާންމު ރައްޔިތުންނަށް، ހާއްސަކޮށް އުމުރުން ދުވަސްވީ މީހުންނަށާއި އެ މީހުންގެ އާއިލާތަކަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ފުލުހުން ބުނީ އެފަދަ ކަމެއް ދިމާވެއްޖެނަމަ ނުވަތަ އެފަދަ ކަމަކަށް ތުހުމަތު ކުރެވިއްޖެނަމަ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ އިމަޖެންސީ ނަންބަރު 119 އަށް ގުޅުއްވައި ރިޕޯޓްކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

އެކި ގޮތްގޮތުން މަކަރާއި ހީލަތް ހަދައިގެން ފޭރުމުގެ މައްސަލަތައް މީގެ ކުރިން އިތުރުވުމާއެކު އެހީ ހޯދުމުގެ ނަމުގައި މީހުން އެޕާޓްމަންޓަށް ވައްދާ ފޭރުމުގެ މައްސަލަ ވެސް ފެންމަތިވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top