ސަލީމް ވިދާޅުވަނީ ސިޔާސީ މަގާމުތައް އަދިވެސް އިތުރުކުރަން ޖެހޭ ކަމަށް

large_172236171022WE9L.jpg

ދައުލަތް ”ވަރުގަދައަށް“ހިންގާނަމަ އަދިވެސް ޖެހޭނީ ސިޔާސީ މަގާމުތައް އިތުރު ކުރަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެ އެއެވެ.

ޕީއެންސީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރާއްޖޭގެ އެންމެ ކާމިޔާބު އެއް ވިޔަފާރިވެރިޔާ އަހުމަދު ސަލީމް ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން އެންމެ ގިނައިން ދައްކާ ވާހަކައަކީ މި ސަރުކާރުގެ ސިޔާސީ މަގާމުތައް އިތުރުކަމަށް ބުނެ ދައްކާ ވާހަކަތައް ކަމުގައެވެ. އެހެންނަމަވެސް ދައުލަތް ވަރުގަދަ އަށް ހިންގާކަމަށް ވަންޏާ ސިޔާސީ މަގާމުތައް އަދިވެސް ޖެހޭނީ އިތުރު ކުރަން ކަމަށާއި މި ސަރުކާރުގެ މަގުސަދަކީ ކުންފުނިތަކުގައި އިތުރު ވަޒީފާތައް އުފައްދައިގެން ނުވަތަ ވަޒީފާ އުފެދޭނެ އިތުރު ވަސީލަތްތައް ގާއިމުކުރުން ކަމަށް ވިދާޅުވިއެވެ.

“އިރާދަކުރެއްވިއްޔާ މި ފަސް އަހަރު ތެރޭ ވަޒީފާ ބޭނުންވާ މީހަކަަށް ވަޒީފާ ނުލިބި ނުހުންނާނެ. ހުރިހާ މީހުން ތިބޭނީ ވަޒީފާގައި. އަދި އެ މީހުން ތިބޭނީ ވެސް އެކަށީގެންވާ މުސާރައިގައި. އެއްގޮތަކަށް ވެސް ރައްޔިތުން ކަންބޮޑުވާކަށް ނުޖެހޭ،” ސަލީމް ވިދާޅުވި އެވެ.

އެކި ފަރާތްތަކުން މި ސަރުކާރު ބަނގުރޫޓުވާ ކަމަށް ބުނެ ދައްކާ ވާހަކަތަކަށްވެސް އޭނާ އަލިއަޅުވައިލެއްވި އެވެ. ސަލީމް ވިދާޅުވީ އެއީ ތެދު ވާހަކައެއް ނޫން ކަމަށެވެ. އޭނާ ވަނީ ކޮންމެ މީހަކު ކޮންމެ ވާހަކައެއް ދެއްކިކަމުގައިވީ ނަމަވެސް ޕީއެންސީން ދާނީ އެ އަޑު ނާހާ ކުރިއަށް ކަަމަށް ވިދާޅުވެ ސަލީމް ވަނީ އިދިކޮޅު ފަރާތްތަކަށް ރައްދު ދެއްވައިފައެވެ.

”ކާކަށްތޯ، ކޮން އެއްޗެއްތޯ މި ސަރުކާރު ހަވާލުވިފަހުން ނުލިބެނީ، ކޮން އެއްޗެއްތޯ އުނިވީ، ކޮން މަގާމެއްތޯ މަދުވީ، ސިވިލް ސާވިސް އިން މީހަކު ކަނޑާލިތޯ، ނޫނީ ކުންފުންޏަކުން މީހުންތަކެއް ކަނޑާލިތޯ، ނޫނީ އެހެން އެއްވެސް ދާއިރާއަކުން މުވައްޒަފަކު މަދުކުރިތޯ، ނުކުރޭ. ކުރިއްޔާ ކޮށްފައި އޮންނާނީ އިތުރު،” އޭނާ ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top