ސޮނޭވާގެ އަމާޒު: ހަކަތައިގެ 50 އިންސައްތަ ސޯލާ ޕަވާއިން އުފެއްދުން

267629325.jpg

ސޮނެވާފުށީ --ފޮޓޯ :ބުކިންގ .ކޮމް

އޭދަފުށީގެ އުތުރުން ޖެހިގެން އޮތް ސޮނޭވާފުއްޓާއި ނ. އަތޮޅުގައި ހިންގަމުން އަންނަ ސޮނޭވާ ޖާނީ ރިސޯޓުގެ އަމާޒަކީ ބޭނުންކުރާ ހަކަތައިގެ 50 އިންސައްތަ ސޯލާ ޕަވާއިން އުފެއްދުން ކަމަށް ސޮނެވާ ކުންފުނިން ބުނެފި އެވެ.

ސޮނޭވާއިން ބުނީ އެ ކުންފުނިން މިހާރު ވެސް އަންނަނީ ރާއްޖޭގައި އިއާދަކުރަނިވި ހަކަތައަށް ކުރާ މަސައްކަތުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން ކަމަށެވެ.

އަދި މީގެ ކުރިންވެސް ސޮނޭވާ ފުށީގެ ޕީވީ ސިސްޓަމުން ރިސޯޓުގެ ހަކަތަ ލޯޑުގެ ގާތްގަނޑަކަށް 12 ޕަސެންޓް ސަޕްލައިކޮށްފައިވާކަން އެ ކުންފުނިން ވަނީ ފާހަގަ ކޮށްފައެވެ.

ސޮނޭވާއިން ބުނީ އެ ކުންފުނީގެ އުންމީދަކީ ރާއްޖޭގެ ޓޫރިޒަމް ދާއިރާއަކީ އެއްކޮށް ކާބަން ފްރީކޮށް އޮޕަރޭޓު ކުރާ އިންޑަސްޓްރީއަކަށް ހެދުން ކަމަށެވެ.

މިހާރުވެސް ސޯލާ އެނާޖީ އެންމެ ފުރިހަމައަށް ބޭނުން ކުރުމަށް ސޮނޭވާއިން އަންނަނީ ކަނޑުގައިވެސް ފްލޯޓިން ސޯލާ ޕެނަލްތައް ބެހެއްޓުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން އެ ކުންފުނީގެ ހދ. އަތޮޅުގެ ރިސޯޓެއްގައިވެސް ފްލޯޓިން ސޯލާ ޕެނަލް ބެހެއްޓުމުގެ މަސައްކަތް ކުރާކަން އެ ކުންފުނިން ފާހަގަ ކޮށްފައިވެއެވެ.

ސޯލާއިން ހަކަތަ އުފެއްދުމުގެ އިތުރުންވެސް ސޮނޭވާއިން އަންނަނީ، މިހާރުވެސް ހުރި ދެމެހެއްޓެނިވި ސްޓްރެޓެޖީތައް އިތުރަށް ފުޅާކުރުމަށް މަސައްކަތްތައް ކުރަމުންނެވެ.

ސޮނޭވާއަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ލަގްޒަރީ ރިސޯޓު ހިންގާ އޮޕަރޭޓަރެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top