ބ.އަތޮޅުގެ ހަތަރު ރަށެއްގެ ކައުންސިލަށް ސެކްރެޓަރީ ޖެނެރަލް (އެސްޖީ) އިން ހޯދަން ސިވިލް ސާވިސް ކޮމިޝަން (ސީއެސީ) އިން އަނެއްކާވެސް އިއުލާން ކޮށްފި އެވެ.
އެ ހަތަރު ރަށަކީ ކިހާދުއާއި ހިތާދުއާއި ފެހެންދުއާއި ފުޅަދޫ އެވެ.
ސެކްރެޓަރީ ޖެނެރަލްގެ މަގާމަކީ، ކައުންސިލްގެ އިދާރާގެ އިދާރީ އެންމެ އިސް މަގާމެވެ.
ބ. އަތޮޅުގެ ހަތަރު ރަށް ހިމެނޭ ގޮތަށް ރަށު ކައުންސިލްގެ އިދާރާތަކުގެ އެސްޖީންގެ މަގާމަށް ކުރިމަތިލާން 32 ރަށަކަށް ވަނީ ހުޅުވާލާފައެވެ. އެ މުއްދަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ ހަވަނަ ދުވަހާއި ހަމައަށެވެ.
ލޯކަލް ކައުންސިލްތަކަށް މުޅިން އަލަށް 2021 ވަނަ އަހަރު ސެކްރެޓަރީ ޖެނަރަލުން އައްޔަންކުރަން ނިންމީ ލާމަރުކަޒީ ގާނޫނު އެ އަހަރުގެ ތެރޭގައި އެގޮތަށް އިސްލާހު ކުރުމުންނެވެ. ގާނޫނުގައި ބުނެފައިވަނީ އެ މަގާމަށް މީހުން އައްޔަނު ކުރާނީ ކައުންސިލްގެ ލަފާގެ މަތިން ސިވިލް ސާވިސް ކޮމިޝަނުން ކަމަށެވެ.