ބައްޕަ ދެއްވި ނަސޭހަތްޕުޅުގެ މަތީގައި ދެމިހުންނާނަން: އިބޫ

large_170642453837k2zJ-1.jpg

ބައްޕަ، މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެމްބަރު، އަހުމަދު ސަލީމް ދެއްވި އެއްބާރުލުމާއި ނަސޭހަތްޕުޅުގެ މަތީގައި ދެމިހުންނަވާނެ ކަމަށް މަޖިލީހުގެ މުލަކު ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި އިބްރާހިމް ނައުފަލް (ރެޑްވޭވް އިބޫ) ވިދާޅުވެއްޖެއެވެ.

”އިރާދަކުރެއްވިއްޔާ ދާއިރާގެ ރައްޔިތުންނަށް ތަފާތު ކުރުމެއްނެތި ޚިދުމަތް ދިނުމުގައި ސާބިތުވެ ދެމިހުންނާނަން. އަޅުގަނޑަށް ކުރެއްވި އިތުބާރަށް ޝުކުރިއްޔާ،” ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި އިބޫ ވިދާޅުވިއެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މުލަކު ދާއިރާއަށް ތިން ކެނޑިޑޭޓަކު ކުރިމަތިލެއްވިއެވެ. އެއީ ޕީއެންސީގެ ފަރާތުން އިބޫއާއި އެމްޑީޕީގެ ފަރާތުން މޫސާ ޝިޔާމް އަބްދުﷲ އަލީ އާއި ދަ ޑިމޮކްރެޓްސްގެ ފަރާތުން ތޯހާ ރަޝީދެވެ.

އެ ދާއިރާއަށް 1970 މީހަކު ވޯޓުލާފައިވާއިރު ސައްހަ ވޯޓުގެ ގޮތުގައި ކަނޑައަޅާފައިވަނީ 1928 ވޯޓެވެ. އޭގެތެރެއިން 1185 ވޯޓު ލިބުނީ އިބޫ އަށެވެ. ޝިޔާމަށް 728 ވޯޓު ލިބިފައިވާއިރު ތޯހާއަށް ލިބުނީ 15 ވޯޓެވެ.

މުލަކު ދާއިރާގެ ގޮނޑި އިބޫ ކާމިޔާބުކުރެއްވިއިރު، ބައްޕާފުޅު ސަލީމް ވަނީ ބޮޑު ތަފާތަކުން ކުރި ހޯއްދަވައިގެން އޭދަފުށީ ދާއިރާގެ ގޮނޑި ދިފާއު ކުރައްވައިފައެވެ.

މި ފަަހަރުގެ އިންތިޚާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބުކޮށް ސުޕަ މެޖޯރިޓީ ހޯދީ ޕީއެންސީންނެވެ. ޕީއެންސީގެ ޓިކެޓުގައި ވާދަކުރި ބޭފުޅުންގެ އިތުރުން ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ތާއީދާއެކު ހޮވުނު ބޭފުޅުންނާއެކު ޖުމްލަ މެމްބަރުންގެ އަދަދު 66 އިން މައްޗަށް އަރައެވެ.

ވިހި ވަނަ ރައްޔިތުންގެ މަޖިލިހަށް ޖުމްލަ 93 މެމްބަރުން އިންތިހާބުކޮށްފައިވާއިރު، މި ފަަހަރުގެ އިންތިޚާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބުކޮށް ސުޕަ މެޖޯރިޓީ ހޯދީ ޕީއެންސީންނެވެ. ޕީއެންސީގެ ޓިކެޓުގައި ވާދަކުރި ބޭފުޅުންގެ އިތުރުން ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ތާއީދާއެކު ހޮވުނު ބޭފުޅުންނާއެކު ޖުމްލަ މެމްބަރުންގެ އަދަދު 66 އިން މައްޗަށް އަރައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top