މާރެސް ޖަމިއްޔާގެ އަންހެން ވޮލީ މުބާރާތުގެ ޗެމްޕިއަންއަކީ ދަރަވަންދޫ

943855_10153379331431472_4217169617881968920_n.jpg

މާރެސް 1ވަނަ ވޮލީބޯލް ޓޯނަމަންޓް އަނހެން ދިވިޜަން2016ގެ ޗެމްޕިއަންޓީމަށް ބ.އަތޮޅު ކައުންސިލްގެ ނައިބުރައީސް ތަށި ހަވާލުކޮށްދެއްވަނީ. ފޮޓޯ: އީޓީ

ބ. މާޅޮސް މާރެސް ޖަމިއްޔާގެ ފަރާތުން އަތޮޅުގެ އަންހެނުންނަށް ހުޅުވާލައިގެން އެރަށުގައި ބޭއްވި” މާރެސް 1ވަނަ ވޮލީބޯލް ޓޯނަމަންޓް، އަންހެން ޑިވިޜަން2016″ ގެ ޗެމްޕިއަންކަން ދަރަވަންދޫ ހޯދައިފިއެވެ.

މުބާރާތުގެ ފައިނަލްގައި މިއަދު މާޅޮސް ޓީމާ ވާދަކޮށްގެން ދަރަވަންދޫ ޗެމްޕިއަންކަން ހޯދާފައިވަނީ ސީދާ ތިން ސެޓުުން މާޅޮސް ބަލިކޮށްގެންނެވެ. އެއީ 25-23 ، 25-19، އަދި 25-20 އިންނެވެ.
މި މެޗްގެ މޮޅު ކުުޅުންތެރިއަކަށް ހޮވާފައިވަނީ ދަރަވަންދޫ ޓީމުގެ ޝިއުރާއެވެ.

މި މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިންގެ ގޮތުގައި ހޮވާފައިވަނީ ދަރަވަންދޫ ޓީމުގެ ޝިއުރާ ، ސަނިއްޔާ، މަހުރޫޝާ އަދި މާޅޮސް ޓީމުގެ ޝިފާ، ޝީރީން އާއިކަމަދޫ ޓީމުގެ ނަދީމާއެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް މާރެސް ޖަމިއްޔާގެ ފަރާތުން ކަނޑައަޅާފައިވާ ތައްޓާއި އިނާމުގެ ގޮތުގައި ދޭ 8000ރު. ދަރަވަންދޫ ޓީމަށް ހަވާލު ކޮށްދެއްވީ ބ.އަތޮޅު ކައުންސިލްގެ ނާއިބް ރައީސް މަބްރޫކު ނަސީރުއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top