ރާއްޖޭގައި ލާމަރުކަޒީ ނިޒާމަށް އަމަލުކުރަން ފެށި ފަހުން އަތޮޅު ކައުންސިލެއްގެ ރައީސަކަށް އަލަށް އަންހެން ބޭފުޅަކު މިއަދު އިންތިކާބުކޮށްފި އެވެ.
ފ. އަތޮޅު ކައުންސިލްގެ ރައީސަކަށް މިއަދު އިންތިހާބުކުރީ ފ. ނިލަންދޫ، ފޮނިލުނބޯގެ، ހައްވާ އަބްދުލް އަޒީޒެވެ. އޭނާ ވާދަކުރެއްވީ ސަރުކާރުގެ ފަރާތުން ޕީއެންސީގެ ޓިކެޓްގަ އެވެ.
ހައްވައަށް 941 ވޯޓު ލިބިވަޑައިގެންނެވިއިރު، އެމްޑީޕީ ކެންޑިޑޭޓް އިބްރާހިމް ހަލީލް އަށް ލިބިވަޑައިގެންނެވީ 888 ވޯޓެވެ.
މިއީ އަތޮޅު ކައުންސިލެއްގެ ރައީސަކަށް އަންހެން ބޭފުޅަކު އިންތިޚާބުވި ފުރަތަމަ ފަހަރުކަން، ލޯކަލް ގަވަނެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވިއެވެ.
ހައްވަ އަކީ ފ. އަތޮޅު ކައުންސިލްގެ އިދާރީ އެކި މަސައްކަތްތަކުގައިވެސް ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވި ބޭފުޅެކެވެ. ފ. އަތޮޅު ކައުންސިލް އުފެއްދުމުގެ ވެސް ކުރިން އެ އަތޮޅު އަތޮޅުއޮފީހުގައި 2000 ވަނަ އަހަރުން ފެށިގެން އޭނާ މަސައްކަތް ކުރައްވަމުން ގެންދެވި އެވެ.