ކެމިކަލް ހުރުމުން އަނެއްކާވެސް ބޭސްތަކެއް ބޭނުންނުކުރަން އަންގައިފި

large_170135434856f5ld.jpg

ޕާކިސްތާނުގެ ކުންފުންޏަކުން އުފައްދާ ބޭސްތަކެއްގައި ނުރައްކާތެރި ކެމިކަލްތަކެއް ހުރުމުން އެ ބޭސްތައް ރާއްޖެ، އެތެރެކުރުމާއި ބޭނުން ކުރުން ހުއްޓައިލުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން އިއްޔެ އަންގައިފިއެވެ.

އެ އޮތޯރިޓީން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ޕާކިސްތާނުގައި އުފައްދާ ދިޔާ ބޭސްތަކެއްގައި ކެމިކަލް މާއްދާއެއް ކަމަށްވާ ޑައިއީތައިލިން ގްލައިކޯލް އަދި އިތައިލީން ގްލައިކޯލް ހުރިކަން ފާހަގަ ކުރެވިފައިވާކަމަށެވެ. އަދި އެ ކަން އެމްއެފްޑީއޭގެ ސަމާލުކަމަށް އައިސްފައިވާކަމަށް ވެސް ބުނެފައިވެއެވެ.

ކެމިކަލް އެކުލެވޭ ދިޔާ ބޭސް ތަކަކީ، އެލާގޯ ސިރަޕް، އެލައިޑް ސިރަޕް، އެފެލައިޑް ސިރަޕް، އެމިޑޯން ސިރަޕް، އައިރޯފަލް ސިރަޕް، އެންޓިފެން ސިރަޕް އެވެ.

އެއޮތޯރިޓީން ވަނީ މިހާރުން ފެށިގެން އެ ބޭހުގެ، ބްރޭންޑްގެ އެއްވެސް ބެޗެއް ރާއްޖެ އެތެރެކޮށް ވިއްކުމާއި ބޭނުންކުރުން މަނާކޮށްފައެވެ.

ހަމައެއާއެކު މިހާރު ފާމަސީތަކުގައި ހުރި އޭގެ ބޭސްތައް ނަގައި، ނައްތައިލުމުގެ މަސައްކަތްކުރަމުން އަންނަކަމަށް ވެސް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.

ދާދިފަހުން ވެސް ވަނީ ހޮޑުލުން މަނާ ކުރުމަށް ބޭނުންކުރާ ބޭހަކާއި ސިޓްރިޒަން ވެސް އޭގައި ކެމިކަލް ހުންނަކަން ފާހަގަވެ ބޭނުންކުރުން ހުއްޓައިލުމަށް އަންގައިފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top