ޓެކްސް ބޮޑުކުރުމުން ރައްޔިތުން އިތުރަށް ފަގީރުވާނެ: އެމްއާރްއެމް

52kn88o6qdMuyKa5bkjY9q14PFPypBNUxV8CX8M8.jpg

ޓެކްސްތައް ބޮޑުކުރުމުން ރައްޔިތުން އިތުރަށް ފަގީރުވެގެންދާނެ ކަމަށް ސަރުކާރު ކޯލިޝަނުގައި ހިމެނޭ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ބުނެފި އެވެ.

އެ ޕާޓީން މިހެން ބުނެފައިވަނީ، އަންނަ އަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓާއި ގުޅިގެން ހުރި ކަންބޮޑުވުންތައް ހާމަކޮށް މިއަދު ނެރުނު ބަޔާނެއްގައެވެ.

ސަރުކާރުން ވަނީ ޓީޖީއެސްޓީ 12 ޕަސެންޓުން 16 އަށް އަދި ޖީއެސްޓީ 6 ޕަސެންޓުން 8 ޕަސެންޓަށް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފަ އެވެ. އަންނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އަމަލުކުރާނީ މި އުސޫލަށެވެ.

 

އެމްއާރްއެމްގެ ބަޔާނުގައި، ފުރަތަމަ ކަމަކަށް ފާހަގަކޮށްފައިވަނީ 2023 ވަނަ އަހަރުގެ ބަޖެޓާއިއެކު، މި ހިނގާ އަހަރުގެ ހަރަދުތައް ހަމަޖެއްސުމަށް ސަޕްލިމެންޓްރީ ބަޖެޓެއް ފާސްކުރި މައްސަލަ އެވެ. އެމްއާރްއެމް ބުނެފައިވަނީ ސަޕްލިމެންޓްރީ ބަޖެޓަކީ ވަކިން ހުށަހަޅައިގެން ފާސްކޮށްގެން ހަރަދު ކުރަންޖެހޭ ބަޖެޓެއްކަމަށް ގާނޫނުގައި ބުނެފައިވާއިރު، އެއާއި ހިލާފަށް އަމަލު ކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމުގައި ދެކޭކަމަށެވެ.

ހަމައެހެންމެ ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ފިޔަވަޅުތައް އެޅުމަށް މާލީ އިދާރާތަކުންނާއި ކަމާގުޅޭ ފަރާތްތަކުން ދީފައިވާ ލަފާގެތެރެއިން ހަމަ އެކަނި ފެނިގެން ދިޔައީ ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑު ކުރުން ކަމަށެވެ. މިކަމުންވެސް ނިކަމެތި ރައްޔިތުންނަށް ލިބޭ އާމްދަނީން ބޮޑުބައެއް ދައުލަތަށް ދައްކަން ޖެހުމަކީ ރައްޔިތުން އިތުރަށް ނިކަމެތިވެ ފަގީރު ވެގެން ދާނެ ކަމެއް ކަމަށް ބުނެފައިވެ އެވެ.

ބަޔާނުގައި އިތުރަށް ބުނީ މާލީ އިދާރާތަކުން ލަފާ ދީފައިވާ ގޮތަށް ދައުލަތުގެ ހަރަދުތައް ކުޑަކުރުމަކީ މުހިންމު ކަމެއް ކަމެއް ކަމަށެވެ. ނަމަވެސް 2023 ވަނަ އަހަރުގެ ބަޖެޓުން ޚަރަދު ކުޑަކުރުމަށް އިސްކަމެއް ދީފައިނުވާ ކަން ފާހަގަ ކޮށްފައިވެ އެވެ.

”ޑޮމެސްޓިކް މާކެޓުން ދަރަންޏަށް ފައިސާ ނުލިބި މަރުކަޒީ ބޭނުންކުން 2 ބިލިއަން ރުފިޔާ ޗާޕު ކުރުމުން ދިވެހި ފައިސާގެ އަގުވެއްޓި ކަޅުބާޒާރުގައި ޑޮލަރުގެ އަގު އެތައް ގުނައެއް ވަނީ އުފުލިފައި. އެކަމުގެ ސަބަބުން ރައްޔިތުންނަށް ލިބޭ އާމްދަނީން ދެކޮޅު ޖެއްސުން ވަނީ ތަކުލީފަކަށް “ބަޔާނުގައި ވެއެވެ.

އެހެންކަމުން ބޭރުފައިސާ ހިފެހެއްޓޭނެ ގޮތްތައް ބެލުމަށާއި ބަޖެޓުން ދެކޮޅު ޖެއްސޭގޮތަށް ހަރަދުތައް ކުރުމަށާއި ބޭރު ގައުމުތަކުން ލޯނު ނެގުމުގެ ބަދަލުގައި ދައުލަތުން ގެއްލިފައިވާ ފައިސާތައް ހޯދުމުގެ މަސައްކަތް ކުރުމަށް ވެސް އެމްއާރްއެމުން ގޮވާލާފައިވެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top