ވަޑިންނަށް އަމާޒުކޮށްގެން ބައިލައްކަ ރުފިޔާގެ މަކިޓާ ޕަވާ ޓޫލްސް ވައުޗަރެއް ލިބޭ މުބާރާތެއް އެސްޓީއޯ އިން ތައާރަފްކޮށްފިއެވެ.
މި މުބާރާތުގެ ބޭނުމަކީ ދިވެހި ވަޑިންނަށް ވާދަވެރި މާހައުލެއްގައި މަސައްކަތްތައް އެއްފުރާޅެއްގެ ދަށުން ދައްކާލުމުގެ ފުރުސަތު ދިނުމާއި މި ދާއިރާއިން ވީހާވެސް ގިނަ ފަންނުވެރިން މުޖުތަމުއުއަށް ނެރެދިނުން ކަމަށް އެސްޓީއޯއިން ބުނެއެވެ.
އެސްޓީއޯއިން މިހާރު ކުރިއަށް ގެންދާ ”މަކިޓާ ހެއްޔާ“ ޕްރޮމޯޝަނާއި ގުޅުވައިގެން ބާއްވާ މިމުބާރާތުގައި ބައިވެރިކުރާ ތަކެތި ފަރުމާ ކުރަން ޖެހެނީ މަކިޓާ ޕަވަރ ޓޫލްސް ބޭނުންކޮށްގެންނެވެ. އަދި ފަރުމާ ކުރާ އައިޓަމަކާއި އެކު އެ ތައްޔާރު ކުރާ މަންޒަރު ފެންނަ 1 މިނެޓުގެ ވިޑިއޯއެއް ހުށަހަޅަންވާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.
މި މުބާރާތަށް ފަރުމާ ކުރާ އެއްޗެއްގެ ސައިޒަކީ ކުޑަވެގެން 2 ފޫޓާއި 4 ފޫޓެވެ. ބޮޑުވެން ހުންނަންވާނީ 4 ފޫޓާއި 5 ދެމެދެވެ. މުބާރާތަށް ބުދު ފަދަ އިސްލާމީ އަގީދާއާއި ޚިލާފު އެއްޗެއް ހުށަނޭޅޭނެ އެވެ.
މިމުބާރާތުގެ އެއްވަނައަށް ކަނޑައަޅާފައިވަނީ 50،000ރ. ގެ މަކިޓާ ޕަވާ ޓޫލްސްގެ ވައުޗަރެކެވެ. ދެވަނައަށް 30،000ރ. ގެ މަކިޓާ ޕަވަރ ޓޫލްސް ވައުޗަރެކެވެ. 3 ވަނައަށް 15،000ރ. ގެ އެސްޓީއޯ ޕީޕަލްސް ޗޮއިސް ހޯމް އެންޑް ކިޗަން ޕްރޮޑަކްޓްސް ވައުޗަރެކެވެ.
މިމުބާރާތުގައި ބައިވެރިވާ ބޭނުންވާ ފަރާތްތަކުން މިއަންނަ ޑިސެމްބަރު މަހުގެ 10ގެ ކުރިން ފޯމު ހުށަހެޅުމަށް އެސްޓީއޯއިން އެދެއެވެ. މި ފޯމް އެސްޓީއޯގެ މަކިޓާ ޝޯވްރޫމް އަދި އެސްޓީއޯގެ ވެބްސައިޓުން ޑައުންލޯޑުވެސް ކުރެވޭނެ އެވެ.