މަޖިލިސް މެންބަރުންގެ ސުލޫކީ ގަވާއިދެއް އެކުލަވައިލަނީ

large_170002663134tEdm.jpg

މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް--ފޮޓޯ :މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ސުލޫކީ މިންގަނޑާ ގުޅޭ ގަވާއިދު އެކުލަވައިލުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް މަޖިލީހުގެ އާ ރައީސް މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ މަޖިލީހުގެ ގަވާއިދުގައި މަޖިލީހުގެ ރައީސްއަކީ ވަކި ފަރާތަކަށް ނުޖެހި ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދާއި މަޖިލީހުގެ ނިންމުންތަކާ އެއްގޮތްވާ ގޮތުގެ މަތިން މަޖިލީހުގެ އެންމެހާ ކަންކަން ހިންގުމުގެ އިސްވެރިޔާ ކަމަށް ބަޔާންކުރާ ކަމަށެވެ.

ހަމައެހެންމެ މަޖިލީހުގެ ނިޒާމު ނުގެއްލި، ގާނޫނު އަސާސީން މަތިކޮށްފައިވާ ގާނޫނު ހެދުން ފަދަ ޒިންމާތައް އަދާކުރެވޭނެ މަގުފަހި ކޮށްދިނުމަކީ މަޖިލީހުގެ ރައީސްގެ ޒިންމާއެއް ކަމަށާއި ރައްޔިތުންގެ މަޖިލީހަކީ ކޮންމެ ދުވަހަކު ސިޔާސީ ކަންތައްތަކެއް ހިންގާ ތަނެއް ނޫން ކަމަށާއި މަޖިލީހުގެ ހައިބަތާއި ކަރާމާތް ހިފަހައްްޓަން މެންބަރުންގެ ސުލޫކީ ގަވައިދެއް ހަދަން މަސައްކަތް ކުރައްވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އެގޮތުން އަޅުއްވާ އެއް ފިޔަވަޅަކީ މަޖިލީހުގެ ސުލޫކީ ގަވާއިދެއް ކަމަށާއި އެ ގަވާއިދު އެކުލަވައިލާ ތަޅުމުން ފާސްކުރަން މަސައްކަތް ކުރައްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

“މީގެ ކުރީގެ މަޖިލިސްތަކުގައި އޭގެ މަސައްކަތްތަކެއް ވަނީ ކުރެވިފައި، އެހެން ނަމަވެސް މި 19 ވަނަ މަޖިލީހުގައި އޭގެ މަސައްކަތްތަކެއް ކުރެވިފައި ނެތީމާ، ގާނޫނުއަސާސީގައި ބަޔާންކުރާ މި ދެންނެވި މެންބަރުން ތަބާވާންޖެހޭ ސުލޫކީ ގަވާއިދުގެ މަސައްކަތް އަޅުގަނޑުކޮށް މެންބަރުންގެ އެއްބާރުލުމާ އެކު އެ ގަވާއިދު ފާސްކުރެވޭތޯ މަސައްކަތް ކުރާނެ ވާހަކަ ދަންނަވަން،” އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވި ގޮތުގައި ދެވަނަ ފިޔަވަޅަކީ މަޖިލީހަށް ހާޒިރުކުރާ ވަޒީރުންނާއި މަޖިލީހުގެ އެހެނިހެން ބޭފުޅުންނަށް ސަލާމަތާއި ރައްކާތެރިކަން ދިނުމެވެ. މަޖިލީހުގެ އިދާރީ ބޭފުޅުން އެ އިންތިޒާމު ހަމަޖައްސަވަން އަސްލަމް އެދިވަޑައިގަތެވެ.

މީގެ އިތުރުން މަޖިލީހަށް ހާޒިރުކުރެވޭ ވަޒީރުންނާއި އެހެނިހެން ބޭފުޅުން މަޖިލީހުގައި ތިއްބަވާއިރު އެ ބޭފުޅުންގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަކީ މަޖިލީހުން ކުރަންޖެހޭ ކަމަށްވާތީ އެ ވަގުތު އެ ބޭފުޅެއްގެ ސަލާމަތީ ކަންކަން މަޖިލީހުން ފޯރުކޮށްދިނުމަށް އަސްލަމް ވަނީ އަންގަވާފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top