ސަމާލް!ބޭންކް އެކައުންޓު ލޮކްވެފައިވާ ކަމަށް ސްކޭމް މެސެޖުތަކެއް

F-wCxWVbsAAaGRn.jpeg

ބޭންކް އޮފް މޯލްޑިވްސްގެ އެކައުންޓް ލޮކްވެފައިވާ ކަމަށް ބުނެ ސްކޭމް މެސެޖުތަކެއް ފޮނުވާމުންދާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ހާމަކޮށްފިއެވެ.

މިކަން ހާމަކޮށް ފުލުހުން ބުނީ ، އެކައުންޓް ލޮކް ވެފައިވާ ކަމަށް ބުނެ ލިންކަކާއި އެކު މެސެޖެއް ފޮނުވަމުންދާ ކަމަށެވެ. އަދި މި ލިންކަށް ނުވަނުމަށް ފުލުހުން އިރުޝާދު ދެއެވެ.

މިމެސެޖުގައި ހިމެނޭ ލިންކަކީ ބޭންކުގެ އިންޓަނެޓް ބޭންކިންގް ލިންކާއި ވައްތަރުކޮށް ލިޔެފައިވާ މަކަރާތް ހިލާތުން މައުލޫމާތު ދަމައިގަތުމަށް ހަދާފައިވާ ލިންކެކެވެ. އެއަށް ވަދެ ލިޔާ މައުލޫމާތުން އޭނާގެ އެކައުންޓު މައުލޫމާތު ދަމައިގަންނާނެއެވެ.

މިފަހަކަށް އައިސް އެކި ނަންނަމުގައި އެކި ގޮތްގޮތަށް ގޮތް ނޭނގޭ އެތަކެއް ލިންކުތަކެއް މެސެޖުތަކެއް ގޮތުގައި ދަނީ ފޮނުވަމުންނެވެ. މިކަމާއި ގުޅިގެން ކަމާއި ގުޅޭ އިދާރާތަކުން އަބަދުވެސް އިރުޝާދު ދެނީ މެސެޖުގައިވާ ލިންކަކަށް ނުފިތުމަަށެވެ. އަދި އެއްވެސް އިދާރާއަކުން ލިންކެއް ހިމަނައި މެސެޖެއް ނުކުރާނެ ކަމަށް އިދާރާތަކުން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top