މެއަށް ތަދެއް އަރައިގެން ބ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ މީހާ މަރުވެއްޖެ.

DSCN7555.jpg

ބ.އަތޮޅު ހޮސްޕިޓަލް --އީވީ ފައިލް ފޮޓޯ

ފީނަން ގޮސް އުޅެނިކޮށް މެއަށް ތަދެއް އެރި މީހަކަށް ބ. އަތޮޅު ހޮސްޕިޓަލްގައި ފަރުވާދެނިކޮށް މަރުވެއްޖެއެވެ.

ބ. އަތޮޅު ހޮސްޕިޓަލުން ބުނީ އޭދަފުށި ކައިރި ސަރަހައްދެއްގައި ފީނަން އުޅެނިކޮށް ހާލުދެރަވެގެން ގެނައި މީހާ މަރުވީ ހޮސްޕިޓަލަށް ގެނައިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ކަމަށެވެ.

ހޮސްޕިޓަލްގެ މެނޭޖަރ މުހައްމަދު ރަޝީދު ވިދާޅުވީ މަރުވީ ރ. ކިނޮޅަހު، އަލިތަރި  ވަސީމް އަބޫބަކުރު (41އ) ކަމަށެވެ.

“ހޮސްޕިޓަލަށް ގެނައި އިރުވެސް އޮތީ ހުއްޓިފައި. ވަގުތުން ފަރުވާ ދޭން ފެށި. އެހެންނަމަވެސް އެމީހާ ސަލާމަތް ކުރެވޭ ގޮތް ނުވީ. ޑޮކްޓަރު ބައްލަވާފައި މިހާރު ކޮންފާމް ކޮށްދެއްވައިފި އޭނާ މަރުވެފައި އޮތްކަން” ރަޝީދު ވިދާޅުވިއެވެ.

ފީނަން ގޮސް އުޅުމުގެ ތެރޭގައި މަދުމަދުން ނަމަވެސް ބ. އަތޮޅުގެ ސަރަހައްދުގައި ދޭތެރެ ދޭތެރެއިން އެކިވަރުގެ ހާދިސާތައް ހިނގައެވެ. ބ. އަތޮޅަކީ ފީނުމުގެ މަސްވެރިކަން ކަމުގައިވާ ފާނަ މަސްވެރިކަމާ، އިހީގެ މަސްވެރިކަމުގައި ފާހަގަކޮށްލެވޭ ޕޮއިންޓެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top