އޭލެވެލް ދަރިވަރުންގެ އެޗްއެސްސީ އިމްތިހާނު މިއަދު ފަށައިފިއެވެ.
މި އަހަރުގެ އެޗްއެސްސީ އިމްތިހާނުގައި ރާއްޖޭގެ 45 ސެންޓަރަކުން 1,363 ދަރިވަރުން ބައިވެރިވެއެވެ.
މިއަދު ފެށުނު އެޗްއެސްސީ އިމްތިހާނުގެ ފުރަތަމަ ޓެސްޓެއްގެ ގޮތުގައި ދަރިވަރުން ހެދީ އިސްލާމު ކަރުދާސް އެކެކެވެ. މި ޓެސްޓް އޮތީ މިއަދުގެ 9:00 އިން ފެށިގެން 10:30 އާ ހަމައަށެވެ.
މިއަދު ފެށި އެޗްއެސްސީ އިމްތިހާން މި މަހުގެ އަށްވަނަ ދުވަހު ނިމޭނެއެވެ. އިމްތިހާންގެ ފުރަތަމަ ޓެސްޓެއްގެ ގޮތުގައި އޮތީ އިސްލާމު ކަރުދާސް އެކެކެވެ. ދޮޅުގަޑިއިރުގެ މި ޓެސްޓް އޮތީ މިއަދު ހެނދުނު 9:00 ގައެވެ.
މި ފަހަރުގެ އެޑެކްސެލް އޭލެވެލް އިމްތިހާން ފަށާނީ މި މަހުގެ ނުވަވަނަ ދުވަހުއެވެ. ފުރަތަމަ ޓެސްޓަކަށް އޮންނާނީ ބަޔޮލޮޖީ – ޔުނިޓް އެކެކެވެ. އެޑެކްސެލް އޭލެވެލް އިމްތިހާން ނިމޭނީ މި މަހުގެ 27 ވަނަ ދުވަހުއެވެ. ފަހު ޓެސްޓަކަށް ކުދިން ހަދާނީ އެކައުންޓިން-ޔުނިޓް ދޭއްގެ ޓެސްޓެކެވެ. އެއީ ތިން ގަޑިއިރުގެ ޓެސްޓެކެވެ.
ވޭތުވެ ދިޔަ އަހަރުގައި ވެސް އޭލެވެލް އިމްތިހާނުގައި އެކި ސެންޓަރުތަކުން ބައިވެރިވީ ގިނަ އަދަދެއްގެ ދަރިވަރުން ވަނީ ގައުމީ ގަދަ ދިހައެއްގައި ހިމެނިފައެވެ. އަދި، ބައެއް މާއްދާތަކުން ދުނިޔޭގެ ވަނަތައް ވެސް ގިން ދަރިވަރުންތަކެއް ވަނީ ހޯދައިފައެވެ.