ސަމާލް! ބީއެމްއެލްގެ ނަމުގައި ފޭކް މެސެޖެއް

ghb.jpg

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ނަމުގައި އިންޓަނެޓް ބޭންކިންގެ ޚިދުމަތް ބޭނުން ކުރާ ކަސްޓަމަރުންގެ މައުލޫމާތު އަޕްޑޭޓްކުރަން އެދި ފޭކު މެސެޖެއް ފޮނުވަމުން ދާ ކަމަށާއި އެކަމަށް ސަމާލުވުމަށް އެބޭންކުން އިލްތިމާސްކޮށްފި އެވެ.

ބޭންކުން އިތުރަށް ބުނީ އެ މެސެޖަކީ މަކަރާ ހީލަތުން ޒާތީ މައުލޫމާތު ހޯދުމުގެ ބޭނުމުގައި ފޮނުވާ މެސެޖުތަކެއް ކަމަށާއި އެ މެސެޖުތައް ފޮނުވަނީ ބީއެމްއެލްގެ ނަމުގައި ފޭކު ނަންބަރު ތަކަކުން ކަމަށެވެ.

ބީއެމްއެލްގެ ނަމުގައި ފޮނުވާ މެސެޖުތަކުގައި ބުނެފައި ވަނީ ބޭންކް އެކައުންޓު ހޯލްޑްކޮށްފައިވާ ކަމަށާއި މައުލޫމާތު އަޕްގްރޭޑް ކުރުމަށެވެ. މައުލޫމާތު އަޕްގްރޭޑް ކުރުމަށް ކަމަށްބުނެ ލިންކެއް ވެސް މެސެޖާ އެކީ ހިމަނާފައިވެއެވެ.

މިއީ މަކަރާއި ހީލަތުގެ އަމަލެއް ކަމަށްވާތީ ބޭންކުން ވަނީ ލިންކަށް ނުވަނުމަށާއި އެފަދަ މެސެޖުތައް ކަސްޓަމަރުންނަށް ނުފޮނުވާނެކަން ޔަގީންކޮށް ދީފަ އެވެ.

ފަހަކަށް އައިސް ބީއެމްއެލްގެ ނަމުގައި އެކި ގޮތްގޮތަށް ސްކޭމްތައް ހިންގުމުގެ މައްސަ،ލަތައް ވަރަށް ބޮޑެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top