އާލިއާބަޓް- ސިދާރްތު ލަނޑާގިރާވަރުގައި

alia-2.jpg

އާލިއާއާއި ސިދާރްތު ލަނޑާގިރާވަރުގައި

ފިލްމް، ސްޓޫޑެންޓް އޮފްދަ އިޔަރ އިން ހިންދީ ފިލްމީ ދުނިޔެއަށް ތައާރަފްވި ރީތި ބަތަލާ އާލިއާބަޓާއިސިދާރްތު މަލްހޯތްރާ މިވަގުތު ތިބީ ބ.އަތޮޅުގައި އޮންނަ ފޯސީޒަން ލަނޑާގިރާވަރުގައި ކަމަށް ވޯގް އޮންލައިން ނިއުސްއިން ބުނެފިއެވެ.

ހަގީގީ ދެ ލޯބިވެރިންކަމަށް ބުނެވޭ މި “ޖޯޑު ” ރާއްޖެއައިސްފައިވަނީ މަޝްހޫރު ފެޝަން މަޖައްލާ، “ވޯގްއިންޑިއާ” ގެ މާރޗް މަހުގެ މަޖައްލާގެ ބޭރުގަނޑަށް ބޭނުންވާ ފޮޓޯ ޝޫޓެއްގައި އެ މަޖައްލާގެ ޓީމަކާ އެކުގައެވެ.

ވޯގް މަޖައްލާގެ އޮންލައިން ނޫހުގައި އިއްޔެ ޝާއިއުކޮށްފައިވާ ޚަބަރެއްގައި ބުނާގޮތުން އާލިއާ އާއި ސިދާރްތު ވަނީ ފޯ ސީޒަންސް ރެސޯޓްސް ލަނޑާ ގިރާވަރުގައި އެ މަޖައްލާގެ މާޗްމަހުގެ އަދަދުގެ ކަވަރަށް ބޭނުންވާ ފޮޓޯ ޝޫޓްކޮށްފަ އެވެ.

ވޯގް އިންވަނީ މި ދެތަރިންގެ ފޮޓޯ ޝޫޓް ކުރިއަށް ދިޔައިރު ނަގާފައިވާ ވީޑިއޯއެއްވެސް އާއްމު ކޮށްފައެވެ. އެވީޑިއޯއިން ފެންނަނީ ލަނޑާގިރާވަރުގެ ހިތްގައިމު މަންޒަރުތަކުގެ އިތުރުން ދެތަރިން އުފަލުގައި އުޅޭ މަންޒަރެވެ.

alia

އެޚަބަރުގައިވާ ގޮތުން މި ދެތަރިން ރާއްޖެއައިސްފައިވަނީ މިމަހުގެ 24ވަނަދުވަހުއެވެ.

މިދެތަރިން ދެން އެންމެ އަވަހަށް ފެނިގެންދާނީ މާރޗް 18ގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާ ފިލްމް ކަޕޫރް އެންޑްސަންސް އިންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top