އައިޑީކާޑު އާކުރާނަމަ ފަހު ތާރީޚަކީ ބުރާސްފަތި

ID-card-750x375-1.jpg

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލުމަށް ތައްޔާރުވުމުގެ ގޮތުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު އާކުރަން ޖެހޭ މީހުން އަންނަ ބުރާސްފަތި ދުވަހުގެ ކުރިން ފޯމު ހުށަހެޅުމަށް ޖެހޭނެ ކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އިން ބުނެފިއެވެ.

ޑީއެންއާރް އިން ބުނީ ސެޕްޓެމްބަރ 30 ގެ ނިޔަލަށް މުއްދަތު ހަމަވާ އައިޑީ ކާޑާއި އަދި އަލަށް 18 އަހަރު ފުރިގެން ހައްދާ އައިޑީ ކާޑުތައް މި މަހުގެ 21 ވަނަ ދުވަހުގެ 14:00 ކުރިން ޑީއެންއާރު ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމަށް އެދޭ ކަމަށެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ 30 ވަނަ ދުވަހުގެ ހެނދުނު 08:00 ން ހަވީރު 17:00 އަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top