ރައީސް ޔާމީންގެ ކެނޑިޑެސީ ބަލައެއް ނުގަތް

b_RVorYUQpVR0VkzYTVhDZ3GiT8.png

ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ހއްޔޫމު، ހައިކޯޓުގައި އޮތް ޝަރީއަތުގެ މަޖިލީހުގައި ---

ކުރީގެ ރައީސް އަބްދުﷲ ޔާމީން ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވަން ނިންމަވައި އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހެޅުއްވި ކެނޑިޑެސީ ފޯމް ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ރައީސް ޔާމިނަކީ މިވަގުތު ޖިނާއީ ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ބޭފުޅަކަށް ވުމުން އެމަނިކުފާނަކީ ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ޝަރުތު ހަމަވާ ބޭފުޅެއް ނޫން ކަމަށެވެ.

ޕީޕީއެމް އިން ބުނީ ރިޔާސީ ކެންޑިޑޭޓެއްގެ ޝަރުތު ރައީސް ޔާމީންގެ ކިބައިގައި ހަމަނުވާ ކަމަށް ނިންމާ، ރައީސް ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމަށް ކޮމިޝަނުން މިހާރު ނިންމާފައިވާ ކަމަށެވެ. އަދި އެކަމުގެ ލިޔުން ލިބިފައިވާ ކަަމަށްވެސް ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިގޮތަށް ނިންމުމުން އިިދިކޮޅު ކޯލިޝަނުން ވަނީ މި މައްސަލަ ސުޕްރީމް ކޯޓަށް ވެއްދުމުގެ މަސައްކަތް ފަށައިފިއެވެ.

އެ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނަނީ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ދިވެހީންގެ އަދި މިކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، ޕީޕީއެމްގެ ރައީސް، ރައީސް ޔާމީންގެ ފަރާތްޕުޅުން މިއަދު އީސީއަށް ހުށަހެޅުއްވި ހުށަހެޅުއްވުން ގަބޫލުނުކުރުމަށް އެ ކޮމިޝަނުން ނިންމި ނިންމުމަކީ ސައްހަ ނިންމުމެއް ކަމަށް މިކޯލިޝަނުން ނުދެކޭ ކަމަށެވެ.

އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓެއްގެ ކެންޑިޑެސީ އާއި މެދު ސުވާލު އުފައްދާ، ސުޕްރީމް ކޯޓަށް ހުށަހަޅާ މައްސަލަތައް ނިންމަން އެކޯޓަށް ހަތް ދުވަހުގެ މުހުލަތެއް ލިބޭނެއެވެ. އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ މިމަހުގެ ހަތް ވަނަ ދުވަހުއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top