ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މަންމާފުޅު ފާތިމަތު ހަސަން މިއަދު ހެނދުނު ސްރީލަންކާގައި އަވަހާރަވެއްޖެއެވެ.
އުމުރުފުޅަކީ 86 އަހަރުގައި އެކަމަނާ އަވަހާރަވީ ސިއްހީ ހާލުކޮޅު ދެރަވެ ފަރުވާދެމުންދާތާ ގިނަ ދުވަސްތަކެއް ވުމަށްފަހު އެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި އެކަމަނާގެ ޖަނާޒާ އޮންނާނީ މިރެއެވެ.
ފާތިމަތު ހަސަންގެ ހަ ބޭފުޅުން ދުނިޔޭގައި އެބަތިއްބެވެ. ސްރީލަންކާގައި ދިރިއުޅުއްވަމުން ގެންދެވީ ދަރިކަނބަލުން މުސްލިމާ އަބްދުލްގައްޔޫމާ އެކުގައެވެ. އެކަމަނާއަކީ ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގުގެ ބޮޑުދައިތާފުޅު ވެސްމެއެވެ.
ރައީސް ޔާމީންގެ މަންމާފުޅު އަވަހާރަވީއިރު، އެ މަނިކުފާނު ހުންނެވީ އެމްއެމްޕީއާރުސީގެ މައްސަލައިގައި ޚިޔާނަތުގެ ކުށް ސާބިތުވެ، ޖަލުގައެވެ. ޔާމީންގެ ދައްތާފުޅު، މޫމިނާ އަބްދުލްގައްޔޫމް އަވަހާރަވީއިރުވެސް އެމަނިކުފާނު ހުންނެވީ ޖަލުގަ އެވެ.