ދިރާސީ އާ އަހަރަށް ސްކޫލްތައް ހުޅުވަން ތައްޔާރުވާއިރު ރެޑްވޭވް އިން ”ބެކް ޓު ސްކޫލް “ގެ ނަމުގައި ސްކޫލް ކުދިންނަށް ބޭނުންވާ ތަކެތީގެ ޚާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
ރެޑްވޭވް އިން ބުނީ ސްކޫލް ހުޅުވަން ކައިރިވަމުން އަންނަ އިރު އެ ކުންފުނީގެ ފިހާރަތަކުން މިހާރުވަނީ ސްކޫލްކުދިންނަށް ބޭނުންވާ ގިނަ ސާމާނުތައް ލިބޭނެ ގޮތް ހަމަޖައްސާފައި ކަމުގަ އެވެ. އޭގެ ތެރޭގައި ސްޓޭޝަނަރީސް އާއި ދަބަސް، އަދި އިންޓަވަލް ފުޅިވެސް، ހިމެނޭ ކަމަށާއި އެތަކެތި ވިއްކަމުން ދަނީ ޑިސްކައުންޓް ލާފައި ކަމަށް ރެޑްވޭވް އިން ބުންޏެވެ.
އެހެންކަމުން މި ފުރުސަތުގެ ބޭނުން ހިފައިގެން ރެޑްވޭވް ފިހާރަތަކުން ހެޔޮ އަގުގައި ތަކެތި ހޯއްދެވުން އަވަސް ކުރެއްވުމަށް ރެޑްވޭވް އިން އެދެއެވެ.