ތުޅާދޫގައި ހަދާ ގެތައް އަންނަ މަހު ސަރުކާރާ ހަވާލުކުރާނެ: ތުޅާދޫ ކައުންސިލު

l_1688025169165XKE.jpeg

ތުޅާދޫގައި މިހާރު ނިންމުމަށް މަސައްކަތް ކުރަމުންދާ 100 ރޯ ހައުސްގެ ތެރޭގައި ހިމެނޭ ގެއެއް--- ފޮޓޯ؛ސަން

ބ. ތުޅާދޫގައި ނުނިމި ދިގުލަމުންދިޔަ 100 ގޭގެ މަސައްކަތް މުޅިން ނިންމައި އަންނަ މަހުގެ 15 ގައި ސަރުކާރާ ހަވާލު ކުރާނޭ ކަމަށް ތުޅާދޫ ކައުންސިލުން ބުނެފިއެވެ.

ސަން އާ ވާހަކަ ދައްކަވަމުން ތުޅާދޫ ކައުންސިލްގެ މެމްބަރު އިސްމާއީލް ދާއޫދު ވިދާޅުވީ، މިހާރު ހަމަޖެހިފައިވާގޮތުން، 100 ގޭގެ މަސައްކަތް ނިންމައި ކުރިއަށްއޮތް ޖުލައި މަހުގެ 15 ގައި ހައުސިން މިނިސްޓްރީއާ ހަވާލުކުރާނެ ކަމަށެވެ. ގެ ތަކުގައި މިހާރު ކުރިއަށް ދަނީ ރޯހައުސްތަކުގެ ފިނިޝިން މަސައްކަތްތައް ކަމަށާއި މިހާރު ކުރިއަށްދަނީ ކުލަލުމުގެ މަސައްކަތްކަން ވެސް އޭނާ ފާހަގަކުރިއެވެ.

ތުޅާދު ހިއްކި ބިމުގައި ހަދަމުންދާ މި 100 ގޭގެ މަސައްކަތް ކުރަމުން ދަނީ އަމިއްލަ ކުންފުންޏެއް ކަމަށްވާ ފްލެކްސް އިންކް ޕްރައިވެޓް ލިމިޓެޑުންނެވެ.

ޕްރިސިޝަން އިންޖީނިއަރިން ސާވިސަސްއާއި ފްލެކްސް އިންކް ޕްރައިވެޓް ލިމިޑެޓްގެ ޖޮއިންޓް ވެންޗާ ކުންފުންޏާ 79.6 މިލިއަން ރުފިޔާއަށް މި މަސައްކަތް ހަވާލުކޮށްފައިވަނީ 2019 ވަނަ އަހަރުގެ ޖުލައި މަހުގެ 10ވަނަ ދުވަހުއެވެ. މި މަސައްކަތް ނިންމުމަށް 363 ދުވަސް ދީފައިވާއިރު، މަސައްކަތް ނިންމުމަށް ދިން މުއްދަތު ހަމަވެ، އިތުރަށް ތިން އަހަރު ވަނީއެވެ.

ތުޅާދޫގައި މިހާރު އިމާރާތްކުރަމުންދާ ރޯހައުސްތަކުގެ ބޮޑުމިނަކީ 1،100 އަކަފޫޓެވެ. މިއިން ކޮންމެ ރޯހައުސްއެއްގައި ތިން ކޮޓަރި، ތިން ފާހާނާ، ސިޓިންރޫމް، ބަދިގެ އަދި ސްޓޯރޫމްގެ އިތުރުން ލޯންޑްރީ ހިމެނެއެވެ.

ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި ވެސް ތުޅާދޫގައި 100 ރޯހައުސް އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައެވެ. އޭގެ ތެރެއިން މަސައްކަތް ނިންމައި ރައްޔިތުން ދިރިއުޅުމަށް ދޫކޮށްފައިވަނީ 50 ގެ އެވެ. އަނެއް 50 ގޭގެ ފައުންޑޭޝަން އެޅިގޮތަށް އެތަން އަދިވެސް އޮތީ ހަމަ އެގޮތަށެވެ.

އާބާދީގައި 3072 މީހުން ދިރިއުޅެމުންދާ ތުޅާދޫއަކީ ގޯތިގެދޮރުގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ރަށެކެވެ. މިހާރު ނިމެން ކައިރިވެފައިވާ 100 ރޯ ހައުސް ރައްޔިތުން ދިރިއުޅުމަށް ދޫކުރި ނަމަވެސް އެއީ އެންމެ އެކަށީގެންވާ އަދަދެއް ނޫންކަމަށް ތުޅާދޫ ކައުންސިލްގެ ރައީސް އިބްރާހީމް އާދިލް ވިދާޅުވެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top