އޭދަފުށީ އަންހެނުން ކޮމެޓީން ހިންގި ހޭންޑްބޯލް ކޯސް ނިންމުން ފާހަގަކޮށްފި

287287710_581506313765267_4306265871538591571_n.jpg

ހޭންޑްބޯލް ކޯހުގެ ކޯޗުންނާއެކު ބައެއް ބައިވެރިން

އޭދަފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއާއި ހޭންޑްބޯލް މޯލްޑިވްސް ގުޅިގެން އޭދަފުށީގައި ބޭއްވި ކޯޗިން ކޭމްޕް ނިންމުން ފާހަގަކޮށްފިއެވެ.

އޭދަފުށި މަލްޓިޕާޕަސް ހޯލްގައި އިއްޔެ ބޭއްވި މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވައި ކޯސް ފުރިހަމަ ކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އޭދަފުށީ ކައުންސިލުގެ ނައިބުރައީސް އަލީ ޝަފީގު އެވެ.

މި ރަސްމިއްޔާތުގައި ހޭންޑް މޯލްޑިވްސްގެ ފަރާތުން ކޯސް ހިންގަވައިދެއްވުމުގައި އިސްކޮށް ހަރަކާތްތެރިވި ކޯޗް، މުހައްމަދު ލައްމާހު ވާހަކަ ދައްކަވަމުން ވިދާޅުވީ އޭނާ އެންމެ ދެކެން ބޭނުންވާ ދުވަހަކީ އޭދަފުށީގައި ހޭންޑް ބޯލް ދިރުވައި އާލާވެގެންދާނެ ދުވަހެއް ކަމުގައެވެ.

”ކޯސް ފުރިހަމަކުރެއްވި 25 ބައިވެރިންގެ އަރިހުން އަޅުގަނޑު އެދެން މި ކޯހުން ދަސްވި އެއްޗެއްގެ ބޭނުން ހިފައިގެން އޭދަފުށީގައި ހޭންޑް ބޯލް ދިރުވައި އާލާކުރެއްވުން. އަދި މި ރޮނގުން މޮޅު ކުޅުންތެރިން ތަކެއްވެސް އުފެދިގެން ދިއުން.“ ކޯޗް ލައްމާހު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި އޭދަފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން ރައީސް ޒިމާ އިބްރާހީމް ވަނީ މިކޯސް ކާމިޔާބުކަމާއެކު ނިންމައި ދެއްވިކަން ފާހަގަކުރައްވައި ހޭންޑްބޯލް މޯލްޑިވްސް އަށާއި ކޯޗް، ލައްމާހު އަދި އެޓީމްގައި ހިމެނިވަޑައިގަންނަވާ އިތުރު ދެ ބޭފުޅުންނަށް ޝުކުރުއަދާ ކުރައްވައިފަ އެވެ. ހަމަ އެހެންމެ ކޯހުން ދަސްކުރި އެއްޗެއްގެ ބޭނުން ހިފައިގެން އޭދަފުށީގައި ހޭންބޯލް ދިރުވައި ގައުމީ ފެންވަރުގެ މޮޅު ކުޅުންތެރިން ތަކެއް އުފެއްދުމަށް ހިތްވަރު ދެއްވި އެވެ.

”ބޭނުންވަނީ ފުޓްބޯޅައެކޭ އެއްފަދައިން ހޭންޑް ބޯލްގައިވެސް މޮޅު ކުޅުންތެރިން ތަކެއް މި ފަސްގަނޑުން އުފެދިގެން ދިއުން.“ ޒީމާ ވިދާޅުވި އެވެ.

10 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މިކޯސް ހިންގަވައިދެއްވުމަށް ހޭންބޯލް މޯލްޑިވްސްގެ ފަރާތުން ވަނީ ތިން މީހުން ފޮނުއްވާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top