އޭދަފުށީގައި ހިނގި އެކްސިޑެންޓެއްގައި ދެ ޑޮކްޓަރުންނަށް އަނިޔާވެއްޖެ

12063896_914760378598978_7835565513948573712_n.jpg

އޭދަފުށި

އޭދަފުށީގައި މިއަދު ހިނގިއެކްސިޑެންޓެއްގައި ބ.އަތޮޅު ހޮސްޕިޓަލުގައި މަސައްކަތްކުރައްވާ ދެ ޑޮކްޓަރުންނަށް އަނިޔާ ވެއްޖެއެވެ.

މި އެކްސިޑެންޓް ހިގާފައިވަނީ މިއަދު 1:30 އެހާކަށްހާއިރު ރޯޝަނީ މަގުން އިރަށް ދުއްވާފައި އައި ސައިކަލަކާ އޭދަފުށީ ގަހާ ގެއާ ދިމާލުން ރޯޝަނީ މަގަށް ނުކުންނަން އައި ޕިކަޕާޖެހިގެންނެވެ. މަންޒަރު ދުށް މީހުން ބުނާގޮތުގައި ސައިކަލް ، ޕިކަޕްގައި ޖެހި ވިއްސަކަށް ފޫޓް ދުރަށް ވިއްސައިގެން ގޮސް އޭގައި ތިބި ދެމީހުންވެސް އެވަގުތު ވަނީ ވެއްޓިފައެވެ.

މި އެކްސިޑެެންޓްގައި ސައިކަލް ދުއްވަން އިންނެވި ޑރ. އަޒަމްގެ ކޮނޑު ހުޅަށާއި ކަނާތް ބިންދައިގެން ގޮސްފައިވާކަމަށާ ސައިކަލްގެ ފަހަތުގައި އިންނެވި ޑރ.އީޖާޒް އަށްވެސް އެކިވަރުގެ ކުދިކުދި އަނިޔާ ލިބިފައިވާކަމަށް ބ.އަތޮޅު ހޮސްޕިޓަލުން މައުލޫމާތުދެއްވައެވެ.

ޑރ. އަޒަމް އަށް އިތުރުފަރުވާ ދިނުމަށް މިހާރުވަނީ މާލެ ފުރުމުގެ މަގުމަތީގައެވެ.

ފުލުހުން އަންނަނީ މިމައްސަލަ ތަހްގީގު ކުރަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top