އެސްޓީއޯއިން ވިއްކަމުންގެންދާ ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފިއެވެ.
މިއަދުންފެށިގެން އެސްޓީއޯއިން ޕެޓްރޯލް ލިޓަރެއް ވިއްކަމުންގެންދަނީ ކުރިން ވިއްކަމުން އައި އަގަށްވުރެ ލިޓަރަކުން 1.20ރ. އަގު ހެޔޮކޮށް ލިޓަރެއް 9.80 ރ.އަށެވެ. އަދި ޑީސަލް ލިޓަރެއް ވިއްކަމުން ގެންދަނީ ކުރިން ވިއްކަމުން އައި އަގަށްވުރެ ލިޓަރަކުން 1.00ރ.އަގު ހެޔޮކޮށް ލިޓަރެއް 10.00 ރ.އަށެވެ.
އެސްޓީއޯއިން ބުނިގޮތުގައި ތެލުގެ އަގުހެޔޮ ކުރީ ދުނިޔޭގެ ބާޒާރުގައިވެސް ތެލުގެ އަގު ދަށަށްދިއުމާ ގުޅިގެން ކަމުގައެވެ.
އަހަރު ނިމުނުއިރު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުވަނީ ވަރަށް ބޮޑުތަން ދަށަށް ގޮސްފައެވެ. އެގޮތުންބަލާއިރު ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު މިހާރުވަނީ 36 ޑޮލަރަށް ވެއްޓިފައެވެ.
އިގްތިސާދީ މާހިރުން ވިދާޅުވާގޮތުގައި މިއަހަރުވެސް ތެލުގެ އަގު އިތުރަށް ދަށަށް ދާނެއެވެ.