ބ.ތުޅާދޫގެ ހުޅަނގު އުތުރުން 7.7 ނޯޓިކަލް މޭލު ބޭރުން އުޅަނދެއްގެ ބައެއް އޮޔާދާ ކަމުގެ މައުލޫމާތު ލިބިފައިވާތީ، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ކޯސްޓް ގާޑުން އިލްތިމާސްކޮށްފިއެވެ.
އެ އުޅަނދުގެ ބައެއް އޮޔާދާކަމުގެ މައުލޫމާތު ލިބިފައިވަނީ އެ ސަރަހައްދުން އިރުދެކުނަށް ކަމަށާއި ރޭގަނޑު ދަތުރުކުރައްވާ ފަރާތްތަކުން މި ސަރަހައްދުން ދަތުރު ކުރެއްވުމުގައި ޚާއްސަ ސަމާލުކަމެއް ދެއްވުމަށް ވެސް އެމްއެންޑީއެފުން އެދިވަޑައިގެންފައި ވެއެވެ.