ދޮންފަނުގައި ފާމަސީއެއް އަޅަން ހަވާލުކޮށްފި

b_1eYbxB02LO1c58WsV5WIIpcXg.jpg

ބ.ދޮންފަނު ގައި ފާމަސީއެއް އަޅަން އެސްޓީއޯ އާއި ހަވާލުކޮށްފި އެވެ.

ފާމަސީ އެޅުމަށް އެސްޓީއޯ އާއި ހެލްތު މިނިސްޓްރީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރީ އިއްޔެ މެންދުރު ފަހު އެ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ދޮންފަނު ހިމެނޭ ގޮތަށް 11 ރަށެއްގައި ފާމަސީ އެޅުމަށް އެސްޓީއޯއާއި ހަވާލުކޮށްފައިވެ އެވެ.

ހެލްތު މިނިސްޓްރީން ބުނީ، އެ އެއްބަސްވުމުގެ ދަށުން ސިއްހީ މަރުކަޒުގެ އިމާރާތުގެ އެތެރޭގައި ހުރި ފާމަސީތައް ނެގުމަށްފަހު އާ ފާމަސީތައް ސިއްހީ މަރުކަޒުގެ ގޯތިތެރޭގައި އެސްޓީއޯއިން ހަދާނެ ކަމަށެވެ.

އެ ރަށްތަކުގައި ފާމަސީތައް ގާއިމުކުރުމުގެ މަސައްކަތް އެސްޓީއޯއާ ހަވާލުކޮށްފައިވަނީ 420 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top