އިކްރާމާއި ހުސެން ،ޑަބަލްސްޗެމްޕިއަންކަން ހޯދައިފި

12313658_1073716939306235_3072586583669972712_n.jpg

އެދަފުށީގެ ދެ ކުޅުން ތެރި އަކު ބެޑްމިންޓަން މުބާރާތެއްގައި އޭދަފުށީ ތަމްސީލު ކުރަނީ

މާލޭގައި މިހާރު ހިނގަމުންދާ ގައުމީ ބެޑްމިންޓަން މުބާރާތުގެ އޯޕަންބައިގެ ޑަބަލްސް ޗެމްޕިއަންކަން އޭދަފުށީ ބީޑީސީ ގެ މުހައްމަދުއިކްރާމާއި ހުސެން މުހައްމަދު ހޯދައިފިއެވެ.

އިކްރާމާއި ހުސެންއަށް ޗެމްޕިއަންކަން ލިބިފައިވަނީ މިރޭ 8:00ގައި ކުޅުނު ފައިނަލް މެޗްގައި ހޮޅުދޫގެ މުތީއުއާއި އުނޭޝްގެ ޕެއަރއާ ބައްދަލުކޮށްގެން 2-1ން ކާމިޔާބުކޮށްގެންނެވެ.

މެޗަށްފަހު އީވީއާ ވާހަކަ ދައްކަމުން އިކްރާމު ބުނީ މިއީ ވަރަށް އުދަނގުލުން ހޯދި ކާމިޔާބެއްކަމާ އެހެންނަމަވެސް މެޗަށް އެރީ މޮޅުވާނެކަމުގެ ޔަގީންކަމާއެކުގައި ކަމަށެވެ.

މީގެ އިތުރުން ހުސެން ވަނީ މިމުބާރާތުގެ އޯޕަންބައިގެ ސިންގަލްސް ފައިނަލަށްވެސް ގޮސްފައެވެ. ފައިނަލުގައި ހުސެން ބައްދަލު ކުރާނީ ހޮޅުދޫގެ އަބްދުﷲ މުތީއުއާއެވެ. މި މެޗް އޮންނާނީ މާދަމާ ހަވީރުއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top