ޕީޕީއެމުން ނަހުލާ ވަކިކުރަން ނިންމައިފި

ijkm-1.jpg

މާލޭ ސިޓީ ކައުންސިލުގެ ވިލިމާލޭގެ މެންބަރު ނަހުލާ އަލީ ޕީޕީއެމުން ވަކިކުރަން ނިންމައިފި އެވެ.

ނަހުލާ ޕީޕީއެމުން ވަކިކުރަން ނިންމީ އޭނާގެ ސުލޫކީ މައްސަލައެއް ބެލުމަށްފަހު އެވެ.

އެގޮތުން މާލޭ ސިޓީ ކައުންސިލްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި-އިލެކްޝަންގައި ޕީޕީއެމްގެ ފަރާތުން ވާދަކުރާ ކެނޑިޑޭޓަށް “އެންޓި ކެމްޕެއިން” ކުރާކަން ހެއްކާއެކު އެނގިފައިވާ ކަމަށް އެ ޕާޓީން ބުނެ އެވެ.

އޭގެ އިތުރުން ޕީޕީއެމާ ގުޅިގެން ނަހުލާގެ ސޯޝަލްމީޑިއާގައި ޕޯސްޓެއް ލިޔެފައިވާއިރު، ޕީޕީއެމުން ވަނީ އެޕާޓީން ނެރުނު ބަޔާނެއްގައި ނަހުލާގެ އެ ވާހަކަތައް ދޮގުކޮށް، އެއަމަލު ކުށްވެރިކޮށްފަ އެވެ. އަދި ޕާޓީގެ އާންމު މެންބަރުން ކައިރީގަ އާއި، ސޯޝަލް މީޑިއާގައި އެ ޕާޓީއާއި އެ ޕާޓީގެ ލީޑާޝިޕް ބަދުނާމުކޮށް ހަގީގަތާ ޚިލާފު ދޮގު ވާހަކަތައް ފަތުރަން ނަހުލާ ފަށާފައިވާ ކަމަށް ޕީޕީއެމުން ބުނެފައިވެ އެވެ.

އެ މައްސަލަ ބެލުމަށްފަހު ޕީޕީއެމްގެ ސުލޫކީ ކޮމިޓީން ރޭ ވަނީ ނަހުލާ އާއި އޭނާގެ މަންމަ އާމިނަތު ލީލާ ވެސް ޕާޓީން ވަކިކުރަން ނިންމާފަ އެވެ.

ޕީޕީއެމުން މީގެކުރިން ވަނީ އެ މައްސަލަ ކޮމިޓީން ބެލުމަށް ނަހުލާ އާއި އޭނާގެ މަންމަ އެއްބާރުލުން ނުދޭ ކަމަށް ބުނެފަ އެވެ.

ޕީޕީއެމްގެ އެ ވާހަކަތަކާ ގުޅިގެން ނަހުލާ ވަނީ ސުލޫކީ ކޮމެޓީއަށް ހާޒިރުވުމަށް އެންގިއިރު ހުންނެވީ އީދު ޗުއްޓީއަށް ރަށުން ބޭރުގައި ކަމަށާއި އެވަގުތު ހާޒިރުނުވެވުނީ ކަމަށް ވިދާޅުވެފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top