ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންނަށް ބޮޑު ކުރި ބޮޑު މުސާރައިގެ ތަފްސީލު ހާމަކުރައްވައިފި އެވެ.
ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންގެ މުސާރަ މިއަދުން ފެށިގެން ބޮޑުކޮށްފައިވާކަން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިއުލާނު ކުރެއްވީ މިއަދު ގައުމާ މުހާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ މި ސަރުކާރުން ތައުލީމީ ދާއިރާއަށް ބޮޑު ސަމާލުކަމެއް ދެނީ ވިސްނުން ތޫނު، އިލްމީ، ހެޔޮ ލަފާ ޖީލެއް ބިނާ ކުރުމަށް ކަމަށެވެ. މި ކަމުގައި ޓީޗަރުންނާއި އެ ދާއިރާގެ އެންމެހާ މުވައްޒަފުންގެ އަގު ސަރުކާރުން ވަޒަން ކުރާ ކަމަށް ރައީސް ވިދާޅުވިއެވެ.
ހަމަ އެހެންމެ ކޮންމެ ގައުމެއްގައި ވެސް ދައުލަތުގެ ކެރި ފޯރުންތެރިކަން ބިނާ ވެފައި އޮންނަނީ އެ ގައުމެއްގެ އިންސާނީ ވަސީލަތްތައް ބިނާ ކުރެވޭ ހަރުދަމާ ކަމުގެ މައްޗަށް ކަމަށާއި ރާއްޖޭގައި އިންސާނީ ވަސީލަތްތައް ބިނާ ކުރުމުގެ އެންމެ ބޮޑު ބުރައެއް އުފުލާ ބަޔަކީ ޓީޗަރުން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ފާހަގަ ކުރެއްވި ގޮތުގައި ރާއްޖޭގައި އެންމެ ބުރަ ޒިންމާއެއް އަދާ ކުރާ ބަޔަކީ ޓީޗަރުން ކަމަށް ވިޔަސް ޓީޗަރުންނަށް މިއަދާ ހަމައަށް ވެސް ލިބެނީ ކުޑަ އުޖޫރައެއް ކަމަށެވެ.
މީގެ އިތުރުން ޓީޗަރުންގެ މުސާރައަށް މިއަދު މިގެނައި ބަދަލުގެ އެންމެ މުހިންމު ބޭނުމަކީ، އިތުރު ގަޑީގެ ފައިސާއާ ނުލައިވެސް، އެކަށީގެންވާ ރަނގަޅު އުޖޫރައެއް ގެއަށް ގެންދަން ލިބޭނެވަރު ކޮށްދިނުން ކަމުގައި ރައީސް ވިދާޅުވިއެވެ.
މި ނިންމުމާއެކު 9000 ޓީޗަރުން ހިމެނޭހެން ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ހުރިހާ ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުވެގެން ދާނެއެވެ.
މުސާރައަށް އައި ކުރިއެރުން:
ޕްރިންސިޕަލުންގެ މުސާރަ
ރޭންކް 1 : 16،000ރ. އިން 30،000ރ. (82 ޕަސެންޓްގެ ކުރިއެެރުމެއް)
ރޭންކް 2 : 20،000ރ. އިން 33،000ރ. (59 ޕަަަސެންޓްގެ ކުރިއެެރުމެއް) ރޭންކް 3: 12،000ރ. އިން 20،000ރ. (38 ޕަަަސެންޓްގެ ކުރިއެރުމެއް)
ޑެޕިއުޓީ ޕްރިންސިޕަލުންގެ މުސާރަ ރޭންކް 1: 13،000ރ. އިން 23،000ރ. (78 ޕަަަސެންޓްގެ ކުރިއެރުމެއް) ރޭންކް 2: 21،00ރ. އިން 26،000ރ. (55 ޕަަަސެންޓްގެ ކުރިއެރުމެއް) ޓީޗަރުންގެ މުސާރަ
6،185 ޓީޗަރުން
ރޭންކް 1: 10،000ރ. އިން 13،000ރ. (22 ޕަަަސެންޓްގެ ކުރިއެރުމެއް) ރޭންކް 2: 13،000ރ. އިން 19،000ރ. (50 ޕަަަސެންޓްގެ ކުރިއެރުމެއް) ރޭންކް 3: 15،000ރ. އިން 20،000ރ. (37 ޕަަަސެންޓްގެ ކުރިއެރުމެއް)
ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރައްވާނެ ކަމަށް ރައީސް ފުރަތަމަ ވިދާޅުވީ މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ.