ބ.އަތޮޅުކައުންސިލްގެ ބަށިމުބާރާތް: “އޭދަފުށި މޮޅު، އެކަމަކު ގޮއިދޫ މާމޮޅު “

DSC_0881.jpg

ބ.އަތޮޅު ކައުންސިލްގެ ބަށި މުބާރާތް 24 ނޮވެމްބަރ ފޮޓޯ : ސައިނޯސާ ރާއި

“އޭދަފުށިމޮޅު. އެކަމަކު ގޮއިދޫ މާބޮޑަަށް މޮޅީ. އެހެންވެ މިއަދުގެ މެޗް އޭދަފުއްޓަށް ގެއްލުނީ.” މިއީ މިހާރު އޭދަފުށީގައި ކުޅެވެމުންދާ ބ.އަތޮޅު ކައުންސިލްްގެ ބަށި މުބާރާތުގައި މިއަދު ކުޅުނު އޭދަފުށްޓާ ގޮއިދޫ މެޗް ބަލަން ގޮސްހުރި އޭދަފުށީ ބަށިކުޅުންތެރިއެއްގެ ވާހަކަހުރި ގޮތެވެ. އޭނާ ބުނީ ޚާއްސަކޮށް ގޮއިދޫ ޓީމްގެ ހަތް ނަންބަރު ކުޅުންތެރިއަކީ އާދައިގެ ކުއްޖެއްނޫންކަމުގައެވެ. ކުޅުމުގައިވެސް ހިފުމުގައިވެސް އެވަރުގެ ކުޅުންތެރިއަކު މި މުބާރާތުން އަދި ނުފެންނަކަމުގައެވެ.

ކޮންމެއަކަސް އަމިއްލަ ރަށުގައި ސަޕޯޓަރުންނާއި ރަށުގެ ރައްޔިތުންގެ ކުރިމަތީގައިކުޅެވުނު މި ފޯރިގަދަ މެޗުން އޭދަފުއްޓަކަށް ގޮއިދޫގެ އަތުން މޮޅެއް ނުވެވުނެވެ. ގޮއިދޫ ކުދިން އޭދަފުށީގެ ތަޖްރިބާ ހުރި ކުޅުންތެރިން ބަލިކުރީ އެއެންމެންގެ ކުރިމަތީގައި 36-30 ގެތަފާތުންނެވެ.

މިއަދު ކުޅުނު އަނެއް މެޗަކީ ހިތާދޫއާއި ތުޅާދޫގެ މެޗެވެ. ދާދި ހަމަހަމަގޮތެއްގައި ކުޅެވެމުން ދިޔަ ދެޓީމް ކަމަށް ވިޔަސް މެޗް ނިމުނު އިރު އެންމެ ފަސްފޯލީގެ ތަފާތުން މޮޅުވެފައިވަނީ ތުޅާދޫއެވެ. ކޮންމެ ޓީމެއްވެސް ހެދިފައިވަނީ 30 ލަނޑެވެ.
މިއަދުގެ މެޗްތައް ނިމުމާއެކު އަތޮޅުގެ ހަރަށުން ބައިވެރިވި ހަޓީމްގެ ތެރެއިންމިހާރު ސެމީފައިނަލަށް ހޮވިފައިވާ ޓީމްތަކަކީ ގޮރޫޕް އޭއިން ތުޅާދޫއާއި ފުޅަދޫއެވެ. އެއީ މި ދެޓީމް ކުޅުނު ދެމެޗުންވެސްް މޮޅުވެގެންނެވެ. ގްރޫޕްބީއިން ސެމީ ފައިނަލަށް އައިސްފައިވަނީ ގޮއިދޫއާއި އޭދަފުއްޓެވެ. ގޮއިދޫ ސެމީއަށް ހޮވިފައިވަނީ ކުޅުނު ދެމެޗުންވެސް މޮޅުވެގެންނެވެ. އޭދަފުށި މޮޅުވެފައިވަނީ އެއް މެޗުންނެވެ.

މާދަމާ ހަވީރު ފެށޭ ސެމީ ފައިނަލްގެ ފުރަތަމަ މެޗްގައި ބައްދަލު ކުރާނީ އޭދަފުށްޓައި ފުޅަދޫއެވެ. ދެވަނަ މެޗްގައި ބައްދަލު ކުރަނީ ގޮއިދޫއާއި ތުޅާދޫއެވެ.

މުބާރާތުގެ ފައިނަލް މެޗް އޮންނާނީީ އަންނަ ހުކުރު ދުވަހު ހަވީރުއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top