ރާއްޖޭގެ މަޝްހޫރު މޮޑެލް، ކައިޒީންގެ އުފަން ދުވަސް އިންޑިއާގެ އާގްރާގައި ހުންނަ ތާޖް މަހަލްގައި ފާހަގަކޮށްފި އެވެ.
ކައިގެ އުފަންދުވަހަކީ މާޗް 30އެވެ.
ދުނިޔޭގެ ހަތް އަޖާއިބުގެ ތެރޭގައިހިމެނިފައިވާ ތާޖު މަހަލުގައި ކައިގެ އުފަންދުވަސް ފާހަގަކޮށް، އެފޮޓޯތައް ސޯޝަލް މީޑިއާގައި އޭނާވަނީ ހިއްސާކޮށްފައެވެ. ތާޖުމަހަލް ގައި އުފަން ދުވަސް ފާހަގަކުރި އިރު އޭނާހުރީ ކަޑިއެއް އަކުން ކޭކު ފެޅުމަށް ތައްޔާރުވެފައެވެ.
ކަޅު ކުލައިން އަޅާފައިވާ މިކޭކު ފެޅިއިރު، އޭނާ ހުރީވެސް ކަޅު ކުލައިގެ ހެދުމެއް ލައިގެންނެވެ. ދެ ހެދުމެއްގައި ފޮޓޯތައް ނަގާފައި ހުރި އިރު އެ ހެދުންތަކަކީ އިންޑިއަން ސްޓައިލަށް ޑިޒައިންކޮށް ފަރުމާކޮށްފައިވާ ހެދުން ތަކެކެވެ.
ކައިޒީން މިހާރު ދިރިއުޅެމުންދަނީ ރާއްޖެއިން ބޭރުގައެވެ. މީގެ ކުރިން އޭނާ ވަނީ ދުބާއީގެ ބްރިޖް ހަލީފާގަވެސް އުފަން ދުވަސް ފާހަގަކޮށްފައެވެ. އެފަހަރުވެސް ގިނަ ބައެއްގެ ޝައުގުވެރިކަން އޭނާގެ ފޮޓޯތަކަށް ލިބިގެންދިޔައެވެ.
ފޮޓޯތައް ހިއްސާ ކުރުމަށް ފަހު ކައިޒީން ބުނެފައިވަނީ އިތުރު 365 ދުވަސް ވީ ކަމަށެވެ. އެހެން ބުނެފައިވަނީ އަނެއްކާވެސް އަހަރެއް ވެގެން އުފަން ދުވަސް އައުމުން ކަމަށް ބެލެވެ އެވެ.
މިދިޔަ ރޯދަމަހު މީޑިއާގައި އޭނާ ބުނެފައިވަނީ މޮޑެލް ކުރުމުން ރާއްޖޭގައި ދެވޭނެ އެންމެ އުހަށް ދެވިފައިވާ ކަމަށެވެ. ދެން ބޭނުންވަނީ މިދާއިރާއިން ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް އެފުރުސަތު ފަހިކޮށްދީ އެމީހުންނަށް ފުރުސަތު ތަނަވަސް ކުރުމަށް ކަމަށެވެ.
ކައިޒީންގެ އިންސްޓަގްރާމް އެކައުންޓަކީ ގިނަ ބަޔަކު ފޮލޯ ކުރާ އެކައުންޓެކެވެ. މިހާރުވެސް އޭނާގެ 138 ހާސް ފޮލޯވަރުން ތިބެ އެވެ.