ކޮންމެ ރަށެއްގެ ބަނދަރުމަތީގައި ހިޔަލަކާއި އާންމު ފާހާނާއެއް، އެކަން ކުރާނަން: އާޒިމް

b_vy1tLgVB3WWjZsOuv8Pn5RG2t.jpeg

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް، ރައީސް ސޯލިހު- ފޮޓޯ: އެމްޓީސީސީ

ރާއްޖޭގެ ހުރިހާ ރަށެއްގެ ބަނދަރުމަތީގައި އާއްމު ފާހަނާއަކާއި ދަތުރުވެރިންނަށް ހިޔާވަހިކަމެއް ހުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބޭނުން ވާކަމަށާއި އެކަން ކުރާނެކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

އައްޑޫ ސިޓީ މީދޫ ބަނދަރު ހުޅުވުމަށް މީދޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަަވަމުން އާޒިމް ވިދާޅުވީ އެމްޓީސީސީން އެ މަޝްރޫއުތައް ފަށައިގެން ކުރިއަށް ގެންދާ ކަމަށާއި ރައީސް ސޯލިހުގެ ދައުރު ނިމުމުގެ ކުރިން ރާއްޖޭގެ 180 ރަށުގައި އެފަދަ ހިޔާ އަޅައިދޭނެ ކަމަށެވެ.

ރަށްރަށުގެ ބަނދަރުމަތީގައި އާއްމު ފާހާނާއެއް ނެތުމުން ދަތުރުވެރިންނަށް އޭގެ ދަތިކަމާ ކުރިމަތިލާން ޖެހޭ ކަމަށާއި އެކަމަކީ މިހާތަނަށް ރާއްޖޭގެ ވެރިކަން ކުރި އެއްވެސް ވެރިއަކު ނުވަތަ ރަސްކަލަކުވެސް ކޮށްދީފައި ނުވާ ކަމެއް ކަމަަށެވެ. ނަމަވެސް ދަތުރުވެރިންގެ ހިޔާ މަޝްރޫއުތައް ނިމިގެން ދާއިރު އާއްމު ފާހާނަތައްވެސް ގާއިމުކުރާނެ ކަމުގެ ޔަގީންކަން އާޒިމް ވަނީ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވި ރައީސް ސޯލިހުގެ ދެކަނބަލުންނަށް މިއަދު ދެއްވައިފައެވެ.

އެމްޓީސީސީ އިން ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭގޮތުން ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ އެކުންފުނީގެ މަޝްރޫއެއް ކުރިއަށް ނުދާ ރަށެއް ރާއްޖޭގައި ނޯންނާނެ ކަމަށެވެ.

އާޒިމް އިތުރަށް ވިދާޅުވީ މަޝްރޫއުތަކުގެ އަގަށް ބަލާއިރު ނިމިފައި ހުރި މަޝްރޫއުތަކުގެ އަގު 3.5 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށެވެ. އަދި މިހާރު ކުރިއަށްދާ މަޝްރޫއުތަކުގެ އަގު ހަ ބިލިއަން ރުފިޔާ އަށް އަރާ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top