ހަނގާ ކުރުމާއި ދުރުވެ، އޯގާތެރިކަން އިސްކުރުމަށް މިނިސްޓަރު އައިޝާ އިލްތިމާސް ކުރައްވައިފި.

105455648_953861425051872_8409797012219214394_n.jpg

ޖެންޑަ މިނިސްޓަރު ޑރ.އައިޝަތު މުހައްމަދު ދީދީ

ސޯޝަލް މީޑިއާގައި ހަނގާ ކުރުން ފަދަ ކަންކަން ބޮޑު ކަމަށްޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އައިޝާ ވިދާޅުވީ މި މުޖުތަމައު އޯގާތެރި މުޖުތަމައު އަކަށް ވާންޖެހޭ ކަމަށާއި ނަފްސާނީ މައްސަލަތައް ގިނަވާ ސަބަބާއި މެދު ވެސް ވިސްނާލަންޖެހޭ ކަމަށެވެ. އަދި ނަފުސާނީ މައްސަލައަކަށް މީހާ ހުށަހެޅެނީ އަމިއްލައަށް ނޫން ކަމަށާއި އެއީ ދިމާވާ ހާލަތްތަކުގެ ސަބަބުން ކުރިމަތިވާ ކަމެއް ކަމަށް އެކަމަނާ ވިދާޅުވި އެވެ.

އެގޮތުން ސޯޝަލް މީޑިއާގައި މީހުންނަށް ފުރައްސާރަ ކުރުމާއި، ބުލީ ކުރުން ފަދަ ކަންކަން ހިނގަމުންދާ ކަމަށާއި މީހަކު ފަޟީހަތް ކޮށްލަން ކޮންމެ ކަމެއް ވެސް ކުރަން ބައެއް މީހުން ތިބެނީ ތައްޔާރަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

“މިކަން ރަނގަޅުވާން އެބަޖެހޭ. ކޮންމެ މީހަކު ވެސް އެމީހެއްގެ އަމިއްލަ ކަމަކު އެފަދަ ކަންކަން ދިމާވީމަ އާއިލާ އަށް ދިމާވާ ކަންކަން އިނގޭނީ. ބައެއް ފަހަރު އަމިއްލައަކަށް ނޫން ދެއްތޯ ޑިޕްރެސިވް ސްޓޭޓަކަށް މައިންޑް މިދަނީ. އެއީ އަމިއްލަ އަށް ކުރާ ކަމެއް ނޫން. އެއީ ދިމާވާ ހާލަތްތަކަކާއި ގުޅިގެންވާ ކަމެއް” މިނިސްޓަރު ވިދާޅުވިއެވެ.

މިފަދަ ކަންކަމުގައި ފަރުވާ ދިނުމަށް ރާއްޖޭގައި އެހާ ގިނަ ބަޔަކު ނެތް ކަމަށާއި އެހެންކަމުން އާއިލާއެއްގެ ގޮތުގައި މުޖުތަމައު އަށް އެހީވާނެ ގޮތްތަކާއި މެދު އެންމެން ވެސް ވިސްނުމަށް މިނިސްޓަރު ވަނީ އިލްތިމާސް ކުރައްވާފައެވެ.

އަދި ނަފްސާނީ ބަލިތައް ޖެހިފައިވާ މީހުންނާއި ވާހަކަ ދެއްކުމުން ވެސް ބައެއް ފަހަރު އެމީހުން ރަނގަޅުވެ ހާލަތު ބަދަލުވާކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

“އެފަދަ މީހުން އެތިބެނީ ހަޔާތުގައި ކުރެވޭނެ އެންމެ ގޯސް ކަންތައް ކުރުމަށް ތައްޔާރަށް. އެހެންކަމުން އެފަދަ މީހުންނަށް އަޅާލައި އެމީހުންގެ އަޑު އަހަން އެބަޖެހޭ. ބުނެލާ ޖުމްލައަކުން އެމީހުންގެ ވިސްނުން ބަދަލުވެދާނެ،” މިނިސްޓަރު ވިދާޅުވިއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top