ފައްޔާޒް ކުޑަރިކިލުގައި، ހޫނު މަރުހަބާއެއް!

B7C1BB42-C622-4BD9-8854-DEDC80BC57BD-850x548.jpeg

ފައްޔާޒް އިސްމާއިލް ކުޑަރިކިލުގައި

އެމްޑީޕީގެ ޗެއާޕާސަންކަމުގެ އިންތިހާބުގެ ކެމްޕެއިނަށް، އެ މަގާމަށް ވާދަކުރައްވާ ފައްޔާޒް އިސްމާއިލް ބ. ކުޑަރިކިލަށް ވަޑައިގަތުމުން އެ ރަށުން ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.

ފައްޔާޒުގެ މި ދަތުރުފުުޅުގައި ކެމްޕެއިންގައި އެންމެ އިސްކޮށް އުޅުއްވާ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމާއި ސަރުކާރުގެ އިސް ބައެއް ބޭފުޅުން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އެމްޑީޕީގެ ޗެއާޕަރސަން ހޮވުމުގެ އިންތިހާބު އަންނަ މެއި މަހުގެ 14ވަނަ ދުވަހަށް ފަސްކުރުމާ ގުޅިގެން މި އިންތިހާބުގައި ވާދަކުރައްވާ ދެ ކެނޑިޑޭޓުން ވެސް ދަނީ ރާއްޖެތެރޭގައި ކެމްޕެއިން ހަރަކާތްތަކުގެ ފޯރިގަދަކޮށްލާފަ އެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް ބ. އަތޮޅުގައި ކެމްޕެއިން ކުރައްވަމުންދާއިރު މި އިންތިހާބުގައި ވާދަކުރައްވާ އިމްތިޔާޒު ފަހުމީ (އިންތި) އެންމެ ފަހުން ކެމްޕެއިންގައި ހަރަކާތްތެރިވެފައި ވަނީ ހުވަދޫ އަތޮޅުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top