ޕީޕީއެމްގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް މަޝްވަރާކޮށްފި

large_1647321537155MEw.jpeg

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ މަސައްކަތްތައް ހަރުދަނާ ކުރުމުގެ ގޮތުން އެކޯލިޝަންގެ ކައުންސިލް ބައްދަލުވުމުގައި މަޝްވަރާ ކޮށްފިއެވެ.

ކައުންސިލް ބައްދަލުވުމުގެ ރިޔާސަތުގައި އިންނެވީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޔާމީނެވެ.

ރޭގެ ބައްދަލުވުމުގައި ގައުމު މިހާރުއޮތް ހާލަތާއި މިހާލަތުން އަރައިގަތުމައްޓައި އިދިކޮޅުން ޕާޓީގެ ހައިސިއްޔަތުން ކުރެވެންހުރި ކަންކަމާ ގުޅޭގޮތުންނާއި އިދާރީ ގޮތުން ޕާޓީ ހިންގުން ހަރުދަނާ ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށް އިދިކޮޅުން ހާމަ ކުރެއެވެ.

އިދިކޮޅުން މިހާރު ހިންގަމުން އަންނަ އެންމެ ވަރުގަދަ ހަރަކާތަކީ “އިންޑިއާ އައުޓް” ހަރަކާތެވެ. ރައީސް ޔާމީން ޖަލު ބަންދުން މިނިވަންވެ ވަޑައިގެންނެވިގޮތަށް މިހަރަކާތް ހިންގާ މިންވަރު އިތުރުކޮށްފައިވާއިރު، ރަށްރަށުގައިވެސް މި ހަރަކާތް އަންނަނީ ހިންގަމުންނެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top