ރާއްޖޭގައި ހޯމްސްޓޭ ޓޫރިޒަމް ތައާރަފްކޮށްފި

big_48v8RS5GCQlhRJDAyXdzaaEIe.jpg

ދިއްގަރަސް މިއަދު ފުރަތަމަ ޒިޔާރަތް ކުރި ފަތުރުވެރިންނަށް މަރުހަބާ ކިޔަނީ --= ފޮޓޯ: އަވަސް

ދިވެހި ރާއްޖޭގައި ހޯމްސްޓޭ ޓޫރިޒަމް ތައާރަފްކޮށް ރަސްމީކޮށް މިއަދު އެ ވިޔަފާރި ފަށައިފި އެވެ.

ހޯމްސްޓޭ ފެށުމަށް އެންމެ ފުރަތަމަ ރަޖިސްޓްރީކޮށްފައިވަނީ މ. ދިއްގަރު “މޫރިތި”ގެ އެވެ.

މިކަމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މޫރިތި ގޭގެ ތިން ކޮޓަރިއެއް ހޯމްސްޓޭ އަށް ރަޖިސްޓްރީކޮށްފައިވާ ކަމުގެ ލިޔުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމު ގޭގެ ވެރިފަރާތާ ހަވާލުކުރެއްވި އެވެ.

މި ރަސްމިއްޔާތުގައި ޑރ. މައުސޫމް ވިދާޅުވީ ދިއްގަރުގައި ރަސްމީކޮށް ހޯމްސްޓޭގެ ވިޔަފާރި ފެށިގެން ދިޔައީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިކަމަށް ހާއްސަ ސަމާލުކަމެއް ދެއްވައިގެން ކުރެއްވި މަސައްކަތުން ކަމަށެވެ.

ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރޭ ރަންޔޫބީލް އަހަރާ ދިމާކޮށް ޓޫރިޒަމްގެ އާ ކޮންސެޕްޓް، ހޯމްސްޓޭ ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތަށް ޓޫރިޒަމް ދާއިރާގައި ހިމެނޭ ސަރުކާރުގެ އިދާރާތަކުގެ އިސް ފަރާތްތަކުގެ އިތުރުން ޓޫރިޒަމް މިނިސްޓްރީގެ ބައެއް އިސްވެރިން ވެސް ދިއްގަރަށް ވަޑައިގެންނެވި އެވެ.

ހޯމްސްޓޭ ތައާރަފް ކުރާތީ ބައެއް މީހުން ކަންބޮޑުވުން ފާޅުކުރަމުން ދިޔަނަމަވެސް ދިއްގަރު ކައުންސިލުން ބުނީ ހޯމް ސްޓޭ އަކީ ދިއްގަރު ކަހަލަ ކުޑަ ބިމެއް އޮންނަ ރަށްތަކުގައި ކާމިޔާބުކަމާ އެކު ކުރެވިދާނެ ވިޔަފާރިއެއް ކަމަށެވެ. އަދި ރަށު ކައުންސިލާއި ކަމާ ގުޅޭ އިދާރާތަކުން ރަނގަޅަށް މިކަން ބަލަހައްޓައި ރެގިއުލޭޓް ކުރާނަމަ ހޯމް ސްޓޭ އަކީ މާބޮޑު އިޖުތިމާއީ މައްސަލަތަކެއް ކުރިމަތިވާނެ ވިޔަފާރިއެއް ކަމަކަށް ދިއްގަރު ކައުންސިލަކުން ނުދެކެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top