ހުއްދަ ނެތި ގެއަކަށް ވަތްމީހަކު ތިންމަަސްދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.ހުުމްކޮށްފިއެވެ.
މި ގޮތަށް ހުކުމް ކޮށްފައިވަނީ
އެރަށު މާފޮޅޭގެ، އަލީ އިމްރާންގެ މައްޗަށެވެ.
އޭނާގެ މައްޗަށް ދައުލަތުން ދައުވާ ކުރީ ޖެނުއަރީ 21، 2018 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި، ހއ. ދިއްދޫ ދޮންފަތްބަގީޗާ ގޭގެ ވެރިފަރާތުގެ ހުއްދަ ނުހޯދާ އެގެއަށް ވަދެފައިވުމުން އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާ އެވެ.
އެ ކަމަށް އޭނާ ޝަރީއަތުގެ އަޑުއެހުމުގައި އިއުތިރާފްވެފައި ވާތީ މި މައްސަލަ ބެއްލެވި ގާޒީ ސަފްއަތު ހަބީބު ވަނީ ތިން މަހާއި 18 ދުވަހުގެ ހުކުމެއް އޭނާގެ މައްޗަށް އިއްވާފަ އެވެ.
ހޯމަ ދުވަހު ނިންމި މި ގަޒިއްޔާގައި ވާ ގޮތުން ހުއްދަ ނޫން ތަނަކަށް ވަންނަ މީހާއަށް ގާނޫނުލް އުގޫބާތުގައި ކަނޑައަޅާފައިވާ އަދަބަކީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ. އެހެންނަމަވެސް އިމްރާންގެ މައްޗަށް އެއް މަސް ކުޑަކޮށް ހުކުމެއް އައިސްފައި ވަނީ ކުށަށް އޭނާ އިއުތިރާފްވުމުން ކަމަށްވެ އެވެ.