”އިމާމްވެ ނަމާދުކުރުމާ ބަންގި ގޮވަން ޖެހޭނީ މިސްކިތުގެ އިމާމު“

img_md_202004181024351587230675.2723.jpeg

އިސްލާމިކް މިނިސްޓަރު، ޑރ. އަހުމަދު ޒާހިރު

މިސްކިތްތަކުގައި އިމާމުވެ ނަމާދުކުރުމާ ބަންގި ގޮވަން ޖެހޭނީ އެ މިސްކިތަކާ ހަވާލުވެ ހުންނަ އިމާމު ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަޒު ޒާހިރު ވިދާޅުވެއްޖެ އެވެ.

މިސްކިތްތައް އިމާމުންނާ ހަވާލު ކުރާއިރު ވެސް އެ މިސްކިތެއްގައި އިމާމުވެ ނަމާދުކުރުމާ ބަންގި ގޮވަން ޖެހޭނީ އެ މިސްކިތަކާ ހަވާލުވާ އިމާމު މީހާ ކަމަށް އަންގާފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ނަމާދަކީ ވަރަށް މާތް އަޅުކަމެއް ކަމަށާ، މިފަދަ މާތް އަޅުކަމެއް އިމާމުވެ ކުރަންވާނީ އެ ކަންކަން އެނގޭ މީހުން ކަމަށްވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

މިނިސްޓަރު މިގޮތަށް ވިދާޅުވެފައި މިވަނީ، ހުޅުމާލޭ މިސްކިތެއްގައި ކުޑަކުދިންތަކެއް އިމާމުވެ ނަމާދުކުރާ މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ.

އެކަމާގުޅިގެން މިނިސްޓަރު ވިދާޅުވީ މިސްކިތްތަކުގައި އިމާމުވެ ކުޑަކުދިންނަށް ނަމާދު ކުރެވޭނީ އެކުދިންނަށް ވަޒީފާ ހަމަޖެހުމުންނެވެ.

އެހެންވެ ރާއްޖޭގެ މިސްކިތްތަކުގައި ކުޑަކުދިން ލައްވާ އިމާމްވެ ނަމާދު ނުކުރުވުމަށް އިސްލާމިކް މިނިސްޓްރީ އިން މިސްކިތްތަކަށް ވަނީ އަންގައިފައެވެ.

ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތައް ބުނާގޮތުން މިސްކިތުގައި އިމާމުވެ ނަމާދުކުރެވޭނީ ހާއްސަ ސެޓްފިކެޓެއް ހާސިލްކޮށް އިސްލާމިކް މިނިސްޓްރީގެ ހާއްސަ ހުއްދައާއެކުއެވެ. އެ ނޫން ފަރާތްތަކުން އިމާމުވެ މިސްކިތްތަކުގައި ނަމާދުކުރުމަކީ މަނާކަމެކެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ އިމާމަކު ޗުއްޓީއަށް ނުވަތަ އެހެން ކަމެއް ދިމާވެގެން ވިޔަސް ނަމާދު ގަޑިއަށް މިސްކިތަށް ނުދެވޭނަމަ އޮންނަ ޕޫލްގެ ދަށުން މިސްކިތަށް އިމާމަކު ހަމަޖައްސާއިރު މިފަދަ ކުދިންނަށް ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

އީދު ބަންދަށް ފަހު، ކުޑަކުދިން އިމާމުވެ މިސްކިތްތަކުގައި ނަމާދު ނުކުރެވޭނެ ކަމަށް އަންގައި ސާކިއުލާއެއް ކޮންމެ ރަށަކަށް ފޮނުވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top