ބ.ތުޅާދޫން ކޮވިޑް ޖެހިފައިވާ މީހަކު ފެނުމާއި ގުޅިގެން ބަލި އިތުރަށް ފެތުރުން ކޮންޓްރޯލް ކުރުމަށް މޮނިޓަރިން އަށް ލާފައި އޮތް އޮތުން މިއަދު އުވާލައިފި އެވެ.
ތުޅާދޫން މޮނިޓަރިން އުވާލާފައި ވާއިރު ކޮވިޑްޖެހިފައިވާ މީހަކު އެރަށުން ފުރަތަމަ ފެނުނީ މޭމަހު 9ވަނަ ދުވަހު އެވެ. އޭގެ ފަހުން 75 މީހަކު ވަނީ ޕޮޒިޓިވްވެފައި ވެ އެވެ. މޮނިޓަރިންގެ ހާލަތު އުވާލިއިރު އެކްޓިވް ކޭސްތަކުގެ އަދަދަކީ 3 އެވެ.
ރޭ ދަންވަރު 12 އާއި ހަމައަށް ނަތީޖާ ނުލިބި 47 ސާމްޕަލް ހުރިއިރު އެ ރަށުން މިހާތަނަށް 1،376 ސާމްޕަލް ނަގާފައި ވެ އެވެ.
ތުޅާދޫގެ މޮނިޓަރިން އުވާލިއިރު އަތޮޅުގެ މައިރަށް އޭދަފުއްޓާއި ކެންދޫ އަދިވެސް އޮތީ މޮނިޓަރިންގަ އެވެ. ނަމަވެސް މިދެރަށް ވެސް މިހާރު އޮތީ ކޮވިޑްކޮންޓްރޯލް ކުރެވި މޮނީޓަރިން އިން ނަގާ ފަދަ ހާލަތެއްގަ އެވެ.