އެސްޓީއޯ އިން ޕެޓްރޯލާއި ޑީސަލް އަގުބޮޑުކޮށްފި

ހހހހ.jpg

އޭދަފުށީގެ ޕެޓްރޯލް ޝެޑަކުން ސައިކަލަކަށް ޕެޓްރޯލް އަޅަނީ

އެސްޓީއޯއިން ވިއްކަމުން ގެންދާ ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކޮށްފިއެވެ.

އެސްޓީއޯއިން ބުނީ އެކުންފުނިން ވިއްކަމުން ގެންދާ ޑީސަލާއި ޕެޓްރޯލުގެ އަގު މިއަދުން ފެށިގެން ބޮޑުވާނެކަމަށާއި އަގު ބޮޑުކުރީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމާއިގުޅިގެން އެ ކުންފުނިން ފޯރުކޮށްދޭ ތެލުގެ ޚިދުމަތް ދެމެހެއްޓެނެވި ގޮތެއްގައި ގެންދިއުމުގެ ގޮތުން ކަމަށެވެ.

އެހެންކަމުން މިއަދުން ފެށިގެން އެ ކުންފުނީގެ ސަބްސިޑިއަރީ ކުންފުނި ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ޝެޑްތަކުން ޑީސަލް ލީޓަރެއްގެ އަގު ވަނީ 9.97 ރުފިޔާ އިން 10.72 ރުފިޔާއަށް ބޮޑުކޮށްފަ އެވެ.

ކުރިން 8.85 ރުފިޔާއަށް ވިއްކަމުން އައި ޕެޓްރޯލް ލީޓަރެއްގެ އަގު ވަނީ 9.74 ރުފިޔާއަށް ބޮޑުކޮށްފަ އެވެ.

އެސްޓީއޯ އިން އެންމެ ފަހުން ތެލުގެ އަގަށް ބަދަލު ގެނައީ މިދިޔަ މާޗު މަހުގެ 16 ވަނަ ދުވަހު އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top