ކައިވެނީގެ ހަދިޔާއިން ވެސް ޓެކްސް !

Weddin-Kaiveni.jpg

ކައިވެނީގެ ތިރީސް ދުވަސް ފަހުން ލިބޭ ހަދިޔާއިން ޓެކްސް ނެގޭ ގޮތަށް އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހުގެ ބިލެއް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން، ގައްދޫ ދާއިރާގެ މެމްބަރު އަހްމަދު ޒާހިރު ހުށަހެޅުއްވި އެ ބިލުގެ ބަހުސް މިއަދު ވަނީ މަޖިލީހުގައި ފަށާފައެވެ.

އެގޮތުން އެ އިސްލާހުގައި ބުނެފައިވަނީ ހަދިޔާއަކީ ކައިވެނީގެ މުނާސަބަތުގައި ލިބުނު އެއްޗެއް ކަމަށް ބަލާނީ އެ އެއްޗެއް ކައިވެނީގެ މުނާސަބަތުގައި ކައިވެނިކުރާ ދެ މީހުންކުރެ މީހަކަށް ލިބުނީ ކައިވެނިކުރާ ދުވަހުގެ ކުރިން ގިނަ ވެގެން 30 ދުވަހުގެ ތެރޭގައި ނުވަތަ ކައިވެނި ކުރާ ދުވަހު، ނުވަތަ ކައިވެރިކުރާ ދުވަހުގެ ފަހުން ގިނަ ވެގެން 30 ދުވަހުގެ ތެރޭގައި ކަމަށް ވާނަމަ ކަމަށެވެ.

ގާނޫނުގައި މިހާރު އޮންނަ ގޮތުން ކައިވެނީގެ މުނާސަބަތުގައި ލިބޭ ހަދިޔާ އިން ޓެކްސް ދެެއްކުން އިސްތިސްނާ ވާނެއެވެ.

ރައްޔިތުންގެ އާމްދަނީއިން ދައުލަތަށް މިފަދަ ގޮތަކަށް ޓެކްސް ދައްކަން ހުށަހެޅި އިސްލާހާއި އެކު މަޖިލީހުގެ ތެރޭގައި އިދިކޮޅުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top