މާލެއިން ފުރައިގެން ބ.ތުޅާދުއަށް ދާ ލޯންޗަކުން މަސްތުވާތަކެތި ގެންދާ ކަަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ތުޅާދޫ ޕޮލިސް ސްޓޭޝަނާއި އޭދަފުށި ޕޮލިސް ސްޓޭޝަން އަދި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެެނެސްފިއެވެ.
މި މާރިޗު މަހުގެ 20 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި އެ ލޯންޗުން ގެނައި ފޮށިގަނޑެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
މި މައްސަލަ ފުލުހުންދަނީ ތަހުގީގު ކުރަމުންނެވެ.