އޭދަފުށި ރަހަ : އާސިޔަތުގެ ބަދިގެއިން ސިނަމަން ބްރެޑް ރޯލް

0-02-06-95bb934ffa05861cf41e8b727c569b149316758a0047bbdd185c98b3594e95e0_1f0fd62c.jpg

ބޭނުންވާ ތަކެތި :

6 ފޮތި ޕާން

4 ސަމުސާ ޗީޒްކްރީމް

1 ބިހުގެ ގޮބޮޅި

6 ސަމުސާ ހަކުރު

1 މޭޒުމަތީސަމުސާ ފޮނިތޮށި (މުގުރާފައި)

4/1 ޖޯޑު ބަޓަރު (މެލްޓް ކޮށްފައި)

ހަދާނެގޮތް :

ޕާން ފޮތިތައް ކައިރި ކަފާލުމަށްފަހު ރޮށިދަމާ ގޮތަށް ތުނިކޮށް ދަމާލާށެވެ. ކްރީމްޗީޒް، އެއްސަމުސާ ހަކުރު އަދި ބިހުގެ ގޮބޮޅި އެއްކޮށްލާށެވެ. އަދި ދަމާފައި ހުރި ޕާން ފޮތިތަކުގައި ހާކާލުމަށްފަހު ޕާންފޮތިތައް އޮޅާލާށެވެ. ދެން މުގުރި ފޮނިތޮށި ކޮޅާ ބާކިހުރި ހަކުރު ކޮޅު އެއްކޮށްލާށެވެ. ތައްޔާރު ކޮށްފައިވާ ރޯލްސްތައް ދިޔާ ކޮށްފައި ހުރި ބަޓަރުކޮޅު ތެރެއަށް ލުމަށްފަހު ޓްރޭގައި އަތުރާލާށެވެ. މައްޗަށް ފޮނިތޮށި ހަކުރުކޮޅު ވިހުރުވާލާށެވެ. ދެން 180 ޑިގްރީގައި 25 މިނިޓް ވަންދެން ފިހެލާށެވެ. އެއަށްފަހު ރޯލްސް މައްޗަށް އަޅާ ކްރީމް ކޮޅު ތައްޔާރުކޮށްލާށެވެ.

ބޭނުންވާނީ

19 ގ.ބަޓަރު

1 ސައިސަމުސާ އެސެންސް

2 މޭޒުމަތީ ސަމުސާ ހަކުރު

2 ސައިސަމުސާ ދިޔާ ކިރު

ހުރިހާ އެއްޗެއް މިކްސް ކޮށްލާށެވެ. އަދި ފިހެފައިވާ ރޯލްސް ތަކުގެ މައްޗަށް އަޅާލާށެވެ.މިހާރު އެހެރީ ސިނަމަން ބްރެޑް ރޯލް ތައްޔާރު ކުރެވިފަ އެވެ.

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top