ވެޓަރަންސް ފުޓްބޯޅަ ކްލަބާއި ބީކޭ، ކުރިމަތިލުން އެއްވަރު!

156842461-1118164828629536-2379310164707668995-o-1536x1027.jpg

ކްލަބް އޭދަފުށީގެ ފަރާތުން އޭދަފުށީގައި ކުރިއަށްދާ އެސްޓީއޯ އޭދަފުށި ކަޕްގައި އިއްޔެ ހަވީރު އޭދަފުށި ވެޓަރަންސް ފުޓްބޯޅަ ކްލަބާއި ބަނަފްސާ ކަންމަތި (ބީކޭ) ފުޓްބޯޅަ ކްލަބްގެ ކުރިމަތިލުން ނިމުނީ އެއްވެސް ބަޔަކަށް ކުރި ނުލބި 1-1 އިން އެއްވަރުވެގެންނެވެ.

ބީކޭގެ މުޅި ޓީމަށް ބަލާއިރު ފެންނަނީ ޒުވާން ނޫކަށި ފުރައިގެ ކުދިންކޮޅެކެވެ. އެހެންނަމަވެސް ވެޓަރަންސް ޓީމުގައި ތިބީ އޭދަފުށީގެ ދުވަސްވީ ތަޖުރިބާކާރު ކުޅުންތެރިންނެވެ.

މެޗު ފަށައިގެން ކުރީކޮޅު ބީކޭ އިން ރަނގަޅު ކުޅުމެއް ކުޅެ މެޗުގެ 15 ވަނަ މިނެޓުގައި ވަނީ ލީޑު ނެގިއެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޓީމުގެ ކެޕްޓަން މުހައްމަދު މާހު އެވެ.

ވެޓަރަންސް ޓީމުން މެޗުގެ ނަތީޖާ ހަމަހަމަކުރި ލަނޑު ޖަހާފައިވަނީ މެޗުގެ 64 ވަނަ މިނެޓުގައެވެ. ބީކޭ ޓީމަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މި ގޯލު ވެޓަރަންސް ޓީމަށް ޖަހައިދިނީ ޒާހިރު ނަސީރު އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ވެޓަރަންސް ޓީމުގެ ޑިފެންސް ބެލެހެއްޓުމުގައި މޮޅު ކުޅުމެއް ދެއްކި މުހައްމަދު މަދީނެވެ.

މި މުބާރާތުގައި މިއަދު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ އެމްވީ ޔުނައިޓެޑާއި ވެލާ ސްޕޯޓްސް ކްލަބެވެ. ވެލާ ސްޕޯޓްސް ވަނީ މުބާރާތުގެ ފުރަތަމަ މެޗުގައި ހުސް ސޮނގުން 2-1 އިން ބަލިކޮށްފައެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރަކީ އެސްޓީއޯ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top